ޝާކިރުބެ ނިޔާވެއްޖެ
February 27, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ދިވެހިރާއްޖޭގެ ފިލްމީ ދާޢިރާއިން ގިނަބައެއްގެ މަޤްބޫލްކަން ހޯދާފައިވާ، އިބްރާހީމް ޝާކިރު(ޝާކިރުބެ) ނިޔާވެއްޖެއެވެ.solex
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝާކިރުބެ ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވި އިރު އުމުރަކީ 85 އަހަރެވެ.
ޝާކިރުބެއަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދިވެހި ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ދިވެހިން ދަންނަ ފަރިތަ މޫނެކެވެ. ފިލްމު ކުޅުމުގެ އިތުރުން ޝާކިރުބެ ވަނީ ޓީވީއެމުން ރޯދަމަަހަށް ހާއްޞަކޮށްގެން ގެނެސްދޭ މުހައްމަދުރަސޫލުﷲ ގައި ހިމެނޭ މުހިންމު ބައެއް ކެރެކްޓާތަކަށް އަޑުވެސް އަޅަދީފައެވެ.
ޝާކިރުބެ އަކީ ވަރަށް ގިނަދުވަސްތަކެއް ވަންދެން ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)ގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. 35 އަހަރަށް ވުރެ ގިނަދުވަހު ޝާކިރުބެ ސަރުކާރަށް ޚިދުމަތް ކޮށްެދެއްވާފައި ވެއެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ޝާކިރުބެގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ މިސްކިތް) އެވެ.