ޚަބަރުޓެކްނޯލޯޖީ

ޗެޓް-ޖީޕީޓި އިން ސިނާއަތު ބަދަލުކޮއްލާނީ ކިހިނެއް؟

January 22, 2023

Share this story

ލިޔުނީ

އަށްޑުވަސް,

solexsolex

މިދިޔަ ނޮވެމްބަރުގައި އޯޕަންއޭއައި އިން ޗެޓް-ޖީޕީޓީ ތައާރަފްކުރުމާއެކު މިއީ ސިނާއަތަށް ބޮޑު ބަދަލެއް ގެންނާނެ ޓެކްނޮލޮޖީއެއްކަމުގައި ވާހަކަދެކެވުނެވެ. ޗެޓް-ޖީޕީޓީއަކީ އަމިއްލައަށް ވާހަކަ ލިޔުމާއި ކޯޑުކުރުންފަދަ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެކެވެ. މިއާއެކު ކޮޕީ ރައިޓިންއާއި، ކަސްޓަމާ ސާވިސް އިންކުއަރީތަކަށް ޖަވާބުދިނުމާއި، ހަބަރުލިޔުމާއި، ގާނޫނީ ލިޔުންތައް ތައްޔާރުކުރުންފަދަ، މީގެކުރިން އިންސާނުން އަދާކުރި އެތައް ވަޒީފާއެއް ގެއްލިގެންދާނެކަމަށް ބެލެވެއެވެ.

މަސްނޫއީވިސްނުން ނުވަތަ އޭއައި ތަރައްގީވަމުންދާވަރަކަށް، އޮޓޮމޭޝަނާ ގުޅިގެން އެތައްބައެއްގެ ވަޒީފާ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ. މިގޮތުން، އޭއައިއިން އިތުރު ފުރުސަތުތައް ފަހިވެގެންދާއިރު، އާ ވަޒީފާތަކެއްވެސް އުފެދޭނެކަމަށް ބެލެވެއެވެ.

މިއާއެކު ދެންއޮތް ސުވާލަކީ، މިއާއެކު އިގްތިސާދީ ނިޒާމުތަކަށް އަންނާނީ ކޮން ބަދަލެއްތޯ ކުރެވޭ ސުވާލެވެ. މިއާއެކު، އާގޮތްތަކަށް މަސައްކަތްތައްވެސް ބަދަލުވެގެންދާނެއެވެ.

މިގޮތުން، މަގު ބުނެދިނުމާއި ޓްރެފިކްގެ ހާލަތު އަޕްޑޭޓްކުރުން ފަދަ ކަންތައްތައް އޮޓޮމޭޓްވެގެން އެބަދެއެވެ. އެހެނަސް ދަތުރުފަތުރުކުރުން އޭގެޒާތުގައި ބަދަލެއްނުވެއެވެ. މިގޮތުން، މި ޓެކްނޮލޮޖީތަކުން ޓެކްސީ ޑްރައިވަރުން އެމީހުންގެ ވަގުތު ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަންނަ ބަދަލުތަކާއެކު އެތައް ބައެއްގެ ވަޒީފާ ގެއްލި ހިތްދަތިކަން މެދުވެރިވެގެންދިއުމުގެ ފުރުސަތުއެބައޮތެވެ. މި ބަދަލުތަކަށް ތައްޔާރުވެ، މުޖުތަމައަށް އަތުވެދާނެ ގެއްލުންތަކަށް ތައްޔާރުވުމަކީ ސަރުކާރުތަކާއި ވިޔަފާރިތަކުގެ ބޮޑު ޒިންމާއެކެވެ.