ޚަބަރުރާއްޖެ

އައްޑޫ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ވަނީ އިހުމާލުވެފައި- މެމްބަރު ނާޒިލް

July 24, 2024

Share this story

އައްޑޫ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިސަރުކާރު ވަނީ އިހުމާލުވެފައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ނާޒިލް ވިދާޅުވެއްޖެ އެވެ. މެމްބަރު ނާޒިލް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައެވެ.solexsolex

ނާޒިލް ހުސަހެޅުއްވި ކުއްލި މައްސަލަ ސަރުކާރުގެ މެޖޯރިޓީ އޮތް ޕީއެންސީން ވަނީ ބަލައިގެންފައެވެ. މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ މިއީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅެން ދަތިވާ ވަރަށް ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވާތީ ހުށަހެޅުއްވި ކުއްލި މައްސަލައެއް ކަމަށެވެ. އައްޑޫ ސިޓީއަކީ 30,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީއެއް ނަމަވެސް އެސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އިހުމާލުގެ ސަބަބުން އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތިންގެ އަސާސީ ކަންކަމަށް ބޮޑަތި ދަތިތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށާއި, އައްޑޫ ސިޓީގައި އެންމެ އަސާސީ ފެންވަރަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށްތަކުން ކަރަންޓް ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑަތި ދަތިތަކާ ކުރިމަތިލާންޖެހޭ.

މެމްބަރު ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ރަށްރަށުގެ ސްކޫލް ތަކުންނާއި, އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ޚިދުމަތް ޢާއްމު ރައްޔިތުންނަށް ނުދެވި, ގޭގޭގައި ގެންގުޅޭ އަގުބޮޑު ކަރަންޓް ސާމާނުވެސް ދަނީ ހަލާކުވަމުން ކަމަށެވެ. ނޯޓިސްވެސް ނުދީ ތަކުރާރުކޮށް ކަރަންޓް ކަނޑަމުންދާކަމަށް ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ކަރަންޓްގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރަން މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަަލައިގަތީ ވޯޓްގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.