ޚަބަރުރާއްޖެ

ޕެރިސް އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ނައިބުރައީސް ޕެރިހަށް

July 24, 2024

Share this story

ޕެރިސް އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ފްރާންސަށް ފުރާވަޑައިގެންފި އެވެ.solexsolex

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ނައިބުރައީސްގެ މިދަތުރުފުޅަކީ ފްރާންސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ފްރާންސްގެ ޕެރިހުގައި ގޭމްސް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ނައިބުރައީސް ދަތުރުފުޅުގެ ތެރެއިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖޭގެ ކުޅުންތެރިންގެ މެޗުތައް ބައްލަވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ގޭމްސްގައި ހަތަރު ކުޅިވަރަކުން ރާއްޖޭގެ ފަސް އެތްލީޓުން ވަދަކުރާނެއެވެ. އެއީ ޓޭބަލް ޓެނިސް, ސްވިމިންގ, ބެޑްމިންޓަން, އަދި އެތްލެޓިކްސް އެވެ. މީގެތެރެއިން ސްވިމިންގ ފިޔަވާ އެހެން ކުޅިވަރުތަކުން ވާދަކުރާނީ ރާއްޖޭގެ އެއް އެތްލީޓެވެ. ސްވިމިންގައި ދެ އެތްލީޓުން ވާދަކުރާނެ އެވެ.

ރާއްޖޭގެ ދިދަ ހިފަހައްޓާނީ ރާއްޖެއިން ކޮލިފައިވި ހަމައެކަނި އެތްލީޓް ފާތިމަތު ދީމާ އަލީ އާއި, އިބާދުالله އާދަމް އެވެ.