ޚަބަރުރާއްޖެ

ނޭޕާލްގައި މަތިންދާ ބޯޓެއް ވެއްޓި 18 މީހުން މަރުވެއްޖެ

July 24, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ނޭޕާލް

ނޭޕާލްގައި މަތިންދާ ބޯޓެއް ވެއްޓި 18 މީހުން މަރުވެއްޖެ އެވެ. solexsolex

މިއަދު ހިނގި މިހާދިސާގައި މަރުވީ މަތިންދާބޯޓްގެ މަރާމާތުގެ މަސައްކަތް ކުރާ ޓެކްނިކަލް މުވައްޒަފުން ތަކެކެވެ. އެއީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫން އެގައުމުގެ ޕޮހާރާ ސިޓީއެއްގައި އޮތް މަތިންދާބޯޓެއްގެ މަރާމާތު މަސައްކަތަށް މީހުން ގޮވައިގެން ދަތުރުފެށި ކުޑަ ބޯޓެކެވެ. ބޯޓް ނައްޓާލިތަނާ ވެއްޓި, ބޯޓްގައި އަލިފާން ހިފި ކަމަށް ރޮއިޓަރސްއިން ރިޕޯރޓް ކޮށްފައި ވެއެވެ. ބޯޓުން ދަތުރުކުރީ ކެޕްޓަނާއި, ދެ ކްރޫންގެ އިތުރުން 17 ޓެކްނީޝަނުންނެވެ. ބޯޓްގެ ކެޕްޓަން ސަލާމަތްވި ކަމަށް ރިޕޯރޓްތައް ބުނެއެވެ. އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

އަނެއް ދެ ކްރޫންގެ ޚަބަރެއް އަދި ނެތެވެ.