ޚަބަރުރާއްޖެ

މަގު ހެދުމުގެ މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވޭ - ފެނަކަ

July 24, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ފެނަކަައައްޑޫ ސިޓީ

މަގު ހެދުމުގެ މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ފެނަކަ އިން ބުނެފިއެވެ.solexsolex

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ބޮޑުވެ, ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށް, ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތް ކުރާ އެފްކޮން ކުންފުނިން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އެޗްވީ ކޭބަލާއި ނެޓްވޯކަށް މީގެކުރިންވެސް ގެއްލުންވެ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިމަހުގެ އެއްވަނަ ދުވަހުވެސް އެފަދަ މައްސަލައެއް ކުރިމަތިވި ކަމަށް ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އެފަދަ މައްސަލަތައް ކުރިމަތިވެދާނެކަން ފެނަކައިގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން އަބަދުވެސް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއެއް ފަށާފައިވާކަންވެސް ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޑޮންފެންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ޒަމާނީ އިންޖީނުގެއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި އައު ޖެން ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުންޏެވެ.