ޚަބަރުރާއްޖެ

އެމްޑީޕީގެ ނައިބު ރައީސް އަކަށް ހިސާން އައްޔަން ކޮށްފި

July 24, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޑީޕީހިސާން ހުސައިން

އެމްޑީޕީގެ ނައިބު ރައީސް އަކަށް ހިސާން އައްޔަން ކޮށްފި އެވެ. ހިސާން ހުސައިން އެމްޑީޕީގެ ނައިބުރައީސް އަކަށް އައްޔަން ކުރީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލިހުގެ ޖަލްސާގައެވެ. ހިސާންގެ ނަން ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެވެ.solexsolex

ހިސާންގެ ނަން ނައިބުރައީސް އަކަށް ހުށަހަޅުއްވާކަން ކުރިން ޝާހިދު ވަނީ އިއުލާނުކުރައްވާފައެވެ. މިރޭ ގައުމީ މަޖިލިހުގެ ޖަލްސާގެ ކުރިން ހިސާން ވަނީ ކުރިން ޕާޓީގައި އަދާކުރައްވަމުން ގެންދެވި ލީގަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ހިސާން އަކީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރެވެ. އެމްޑީޕީ އިދިކޮޅުގައި އޮތް އިރުވެވެސް, ކުރިންވެސް ހިސާން ގެންދެވީ އެމްޑީޕީއަށް ޚިދުމަތް ކުރައްވަމުންނެވެ. މަގުމަތީ ހަރަކާތްތަކުގައިވެސް ގެންދެވީ ބައިވެރިވަމުންނެވެ.

އެމްޑީޕީގެ ނައިބުރައީސް އަކަށް ހިސާން އައްޔަން ކުރެއްވުމުން އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ޢާއްމު މެމްބަރުންވެސް ގެންދަނީ ތަހުނިޔާ ކިޔަމުންނެވެ. އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ހިސާންއަކީ ފުރަތަމަ ދުވަހުން ފެށިގެން އެކި މަގާމުތަކުގައި އެމްޑީޕީއަށް ބޮޑެތި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ހިސާންގެ ނާއިބު ރައީސްކަމުގައި މިއެމްޑީޕީއަށް އިތުރު ކުރިއެރުން އަންނާނޭކަން ކަށަވަރު ކަމަށް ވިދާޅުވިއެވެ.