ޚަބަރުރާއްޖެ

ރައީސްގެ ވައުދާ ހިލާފަށް ބްރިޖުން ފީ ނަގަން ނިންމައިފި

July 24, 2024

Share this story

ރައީސްގެ ވައުދާ ހިލާފަށް ސިނަމާލެ ބްރިޖުން ފީ ނަގަން ނިންމައިފި އެވެ.solexsolex

ސިނަމާލެ ބްރިޖުން ފީ ނަގަން ސަރުކާރުން ނިންމަވާފައިކަން ހާމަކުރެއްވީ މާލެ ފަހި ޕްރޮގްރާމްގެ ތެރެއިން ކުރަން ނިންމާފައިވާ ކަންކަން ހިއްސާކުރެއްވުމުގެ ތެރެއިންނެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. ޓޯލް ފީއެއް ނަގަން ފެށުމުގެ ކުރިން އެކަންވެސް ހިމެނޭ ގޮތަށް އޮގަސްޓް މަހު ދިރާސާއެއް ހަދަން ނިންމަވާފައިވާ ކަމަށް މާލެ ފަހި ޕްރޮގްރާމްގައި އިއުލާނުކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި އެޕްރޮގްރާމަކީ މާލެއަކީ އަމާން ތަނަކަށް ހަދަން އިފްތިތާހުކުރި ޕްރޮގްރާމެކެވެ.

ސިނަމާލެ ބްރިޖުން ފީ ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގަތީ ރައީސްކަމަށް އިންތިޚާބުވެވަޑައި ގަތުމުގެ ކުރިން ރިޔާސީ ކެމްޕެއިންގެ ތެރޭގައެވެ. މިދިޔަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް ކަމަށް ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖަކީ އެމަނިކުފާނުގެ ހައުސިންގ މިނިސްޓަރު ކަމުގެ ދަށުން ރައީސް އަބްދުالله ޔާމީންގެ ޒައާމަތުގައި ހަދާ ނިންމާ ބޭނުންކުރަން ފެށި ބްރިޖެކެވެ.