ޚަބަރުރާއްޖެ

އިޤްތިޞާދީ ހާލަތު ބަދަލުނުވަނީވެސް ބްރިޖުން ފީ ނުނަގާނަން- ރައީސް

July 25, 2024

Share this story

އިޤްތިޞާދީ ހާލަތު ބަދަލުނުވަނީވެސް ބްރިޖުން ޓޯލް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އެކްސް މެދުވެރިކުރައްވާ މިފަދައިން ވިދާޅުވެފައި މިވަނީ ސިނަމާލެ ބްރިޖުން ޓޯލް ނެގުމުގެ ދިރާސާއެއް ކުރުމަށް މާލެ ފަހި ޕްރޮގްރާމްގައި ހިމެނުއްވުމުން ފާޑުކިޔުން އަމާޒުވަމުން ދަނިކޮށެވެ.solexsolex

ފާޑުކިއުން އަމާޒުވީ ރިޔާސީ ކެމްޕެއިންގައި ބްރިޖުން ފީ އެއް ނެގުމަކީ ސިޔާސަތެއް ނޫން ކަމަށާއި, އެފަދަ ކަމެއް ކުރެއްވުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވުމަށްފަހު, މާލެ ފަހި ޕްރޮގްރާމްގައި ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީ އެއް ނެގުމުގެ ދިރާސާއެއް ކުރަން ހިމެނުއްވުމުންނެވެ. ރައީސް ޑރ.މުއިއްޒު މިއަދު ވިދާޅުވީ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށެވެ. "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން ޓޯލް ނުނަންގަވާނެ ކަމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.