ޚަބަރުރާއްޖެ

ވަޒީރަކު ޓޯލް ފީގެ ވާހަކަ ދައްކަވާނީ ރައީސްއަށް އެނގިވަޑައިގެން- ޔާމީން

July 26, 2024

Share this story

ވަޒީރަކު ޓޯލް ފީގެ ވާހަކަ ދައްކަވާނީ ރައީސްއަށް އެނގިވަޑައިގެން ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ޖަލްސާގައި ޓޯލް ފީގެ ވާހަކަ ދެއްކެވީ ސަރުކާރުން ޓޯލްފީ ނެގުމުގެ ސިޔާސަތެއްގެ ވާހަކަ އިއުލާނުކުރައްވާފައި ވަނިކޮށެ, ޖެހިގެން އައި ދުވަހު ރައީސުލްޖުމްހޫރިއްޔާ އެއީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވުމުންނެވެ.solexsolex

މާލެ ފަހި ޕްރޮގްރާމް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޕްރޮގްރާމްގެ ތަފްސީލް ހިއްސާކުރެއްވި އިރު އޮތީ ސިނަމާލެ ބްރިޖުން ޓޯލް ފީ އެއް ނެގުމުގެ ދިރާސާއެއް ހެދުން ހިމަނާފައެވެ. ނަމަވެސް ބްރިޖުން ފީ ނެގުމަކީ ސިޔާސަތު ނޫން ކަން ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ފާޑުކިއުން އަމާޒުވީ އެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޓޯލް ފީ ނެގުމަކީ އެމނިކުފާނުގެ ސިޔާސަތު ނޫން ކަމަށެވެ. އަދި މާލެ ފަހު ޕްރޮގްރާމްގައި ޓޯލް ފީގެ ވާހަކަ ހިމަނާފައި އޮތީ ދިރާސާއަށް ފަހު އެމަނިކުފާނަށް ލަފައެއް ދެއްވުމަށް ކަމަށެވެ. ޓޯލް ފީ ނަގަން ލަފާ ދެއްވިޔަސް އިގްތިސާދު ރަނގަޅު ނުވަނީސް ނުނަންގަވާނެ ކަމަށް ވިދާޅުވިއެވެ.

އެވާހަކަތަކަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ކެބިނެޓް މިނިސްޓަރަކު އެވަރުގެ ކަމެއް ސަރުކާރުގެ އެންމެ އިސްމީހާއަށް ނޭންގި އިއުލާނުކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޓޯލް ފީ އަކީ ރައްޔިތުން އަތުން ނަގާ ޓެކްސް އެއް ކަން ފާހަގަކުރައްވާ ވިދާޅުވީ ބްރިޖަކީ ރައްޔިތުން ކޮންމެހެން ދަތުރުކުރަން ބޭނުންކުރާ ތަނެއް ކަމަށެވެ. ރައީސް މުއިއްޒު ރާގު ބަދަލުކުރެއްވީ ރައްޔިތުންގެ ނަފްރަތާއި, ކަންބޮޑުވުންތައް ބޮޑުވެގެން ކަމަށް ޔާމީން ވިދާޅުވިއެވެ.