ޚަބަރުރާއްޖެ

ދެ ފެރީއާއެކު ނ.އަތޮޅުގައި އާރުޓީ އެލްގެ ޚިދުމަތް ފަށައިފި

July 26, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އާރުޓީއެލްެއެމްޓީސީސީ

ދެ ފެރީއާއެކު ނ.އަތޮޅުގައި އާރުޓީ އެލްގެ ޚިދުމަތް ފަށައިފި އެވެ.solexsolex

މިއީ މިދިޔަ ސަރުކާރުން ފެށި ޚިދުމަތް, މިސަރުކާރުން އަތޮޅެއްގައި ފެށި ފުރަތަމަ ފަހަރެވެ. ޚިދުމަތް ފަށަން އިއްޔެ މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ތިން ވަޒީރުންނާއި, އަތޮޅުގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ޚިދުމަތް ނ.އަތޮޅުގައި ފެށީ މިހާރު އުތުރުގައި ޚިދުމަތް ދެމުންދާ އެހެން އަތޮޅުތަކާ ގުޅާ ނުލައެވެ. ނަމަވެސް މަނަދުއަށް ގޮސްގެން އެއަޕޯރޓް އޮންނަ މާފަރަށް ދިއުމަށް ދަތުރު ހިމަނާފައި ވެއެވެ.

މިސަރުކާރުން ނ.އަތޮޅުގައި ޚިދުމަތްދޭން ފުރަތަމަ ކަނޑައެޅީ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެތާރީޚު ފަހަނައަޅާ ޖުލައި 25 ވަނަ ދުވަހު ޚިދުމަތް ފެށި ގޮތާމެދު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް ހޮޅުދޫ ރައްޔިތުން މަނަދޫ އަށް ދިއުމަށް ދޮޅު ގަޑިއިރު ހޭދަކުރައް ޖެހޭތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ބޮޑެވެ.

މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވީ މިދިޔަ ސަރުކާރުގެ ޕްލޭންގައި އޮތީ 5 ފެރީއާއެކު ޅ.އަތޮޅާއި, ޚިދުމަތް ފަށާފައިވާ އުތުރުގެ އެހެން އަތޮޅުތަކާވެސް ގުޅާލެވޭ ގޮތަށް ޚުދުމަތް ފަށަން ކަމަށެވެ. މިދިޔަ ސަރުކާރުން ނ.އަތޮޅުގައި ޚިދުމަތް ފަށަން ކަނޑައެޅި ފުރަތަމަ ތާރީޚުގައި އެޚިދުމަތް ނުފެށުނީ 5 ފެރީ ނުނިމޭތީ ކަމަށް ވިދާޅުވިއެވެ. ދެ ފެރީއާއެކު ފަށާނަމަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ނ.އަތޮޅުގައި ޚިދުމަތް ފެށެން އޮތް ކަމަށާއި, އެގޮޔް ބޭނުން ނުވުމުން ފަސްކުރީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސ ނޮވެމްބަރު މަހަށް ކަނޑައެޅި ތާރީޚުގައިވެސް މިދިޔަ ސަރުކާރަށްވެސް ޚިދުމަތް ނުފެށުނެވެ. އެކަމަކު މިދިޔަ ސަރުކާރުން އޭރުވެސް އޮތީ ނ.އަތޮޅަށް ބޭނުންވާ ފެރީ ބަންނަން ހަވާލުކޮށްފައެވެ. އެފެރީތައް މިސަރުކާރު ހަވަލުވެ ބަދަލުކުރީ މިހާރު ޚިދުމަތް ދެމުން އަންނަ އެހެން އަތޮޅުތަކުގެ ބެކަޕް ފެރީއަށެވެ. މިސަރުކާރު ހަވާލުވެ ޚިދުމަތް ފެށުން ލަސްވި މައިގަނޑު ސަބަބަކީ އެއީއެވެ.