ޚަބަރުރާއްޖެ

ގެދޮރުވެރިކަމަށް އޮކްޓޯބަރު މަހު ލުއި ލޯނު ދޫކުރަން ފެށޭނެ- ރައީސް

July 27, 2024

Share this story

ގެދޮރުވެރިކަމަށް އޮކްޓޯބަރު މަހު ލުއި ލޯނު ދޫކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. solexsolex

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގެދޮރިވެރިކަމުގެ ލުއި ލޯނު ދޫކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ގެދޮރުވެރިކަމުގެ ލުއި ލޯނު ދޫކުރާނީ %5 އަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑު ނުވާނެ ގޮތަަށް ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އަމިއްލަ ބާރުގައި އަމިއްލަ އަށް ބޭނުންވެގެން ގެދޮރު އަޅަން ބޭނުންވާ އެންމެންނަށް މި ފަސް އަހަރުގެ ތެރޭގައި ލޯނު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުގެ މަޝްރޫއުތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެދޮރު އެޅުންވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިން ކެޓަގަރީއެއްގެ ލޯނު ގެދޮރުވެރިކަމަށް ދޫކުރައްވާނެ ކަމަށެވެ. އެއީ އެއް މިލިއަން ރުފިޔާއާއި, ތިން މިލިއަން ރުފިޔާއާއި, ހަ މިލިއަން ރުފިޔާއަށް ކެޕް ކުރެވޭ ލޯނެވެ. ހަ މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ މާލޭގައި ގެދޮރު އެޅުމަށެވެ. ތިން މިލިއަން ދޫކުރަނީ އާބަން ސެންޓަރުތަކުގައި ތަކުގައި ގެދޮރު އެޅުމަށެވެ. އެހެން ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރަނީ އެއް މިލިއަން ރުފިޔާއަށް ކެޕް ކުރެވޭ ލޯނު ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭންކް ތަކުން ދޫކުރާ %12 ލޯނު ނަގަން ނުޖެހި, %5 ގައި ލޯނު ދޫކުރާނެ ނިޒާމް ގާއިމް ކުރާނެ ކަމަށް ދެންނެވިން, މިލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިފައި ވަނީ.

ގެދޮރުވެރިކަމުގެ ލޯނު ބޭނުންކޮށްގެން މުޅިން އާ ގެއެއް އެޅުމުގެ އިތުރުން, ހަދަން ފަށާފައިވާ ގެއެއް ނިންމާލުމަށްވެސް ބޭނުން ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިވާހަކަތަކަކީ މީގެކުރިންވެސް ރައިސް ދައްކަވާފައިވާ ވާހަކައެވެ. ނަމަވެސް ރޭ ރައީސް އިއުލާންކުރެއްވޯ ލޯނު ދޫކުރަން ފެށުމާ ހަމައަށް އާދެވިފައިވާ ކަމެވެ.