ޚަބަރުރާއްޖެ

އާންމުންގެ ނުރުހުމާއެކު, ބޭންކްގެ ނިންމުން އަނބުރާ ގެންގޮސްފި

August 25, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ބޭންކް އޮފް މޯލްޑިވްސް

އާންމުންގެ ނުރުހުމާއެކު, ބޭންކް އޮފް މޯލްޑިވްސްގެ ނިންމުން އަނބުރާ ގެންގޮސްފި އެވެ. ރުފިޔާ އެކައުންޓުން މިއަދުން ފެށިހެން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށް ހެނދުނު ނިންމި ނިންމުން ބޭންކުން އަނބުރާ ގެންދިޔައީ ހަވީރުއެވެ.solexsolex

އެނިންމުން އިއުލާނުކުރީވެސް އަދި އަނބުރާ ގެންދިޔަކަން ހާމަކުރީވެސް ބޭންކްގެ ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށެވެ. އެނިންމުމާްއެކު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންނާއ, ރާއްޖެއިން ބޭރުން އެކިކަހަލަ މުދާ ގެނެސް ކުދި ވިޔަފާރި ކުރާ ފަރާތްތަކާއި, އަމިއްލަ ބޭނުމަށް އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ޑޮލަރު އެކައުންޓަކާއެކު ޑޮލަރު ނެތި އެކަން ކުރުމުގެ ދޮރު ބަންދުވިއެވެ. އަދި ދިވެހިންގެ ބޮޑު މަގްބޫލްކަމަކާއި ޝައުގެއް އޮތް ނެޓްފްލިކްސް ޕްލެޓްފޯމްގެ ދޮރުވެސް ޑޮލަރު އެކައުންޓެއް ނެތްނަމަ ބަންދު ވިއެވެ.

ހެނދުނުން ފެށިގެން ސޯޝަލް މީޑިޔާގައި ރައްޔިތުން އޮއްސަސްފެށި ކަންބޮޑުވުންތަކާއެކު ބޭންކްގެ ނިންމުން އަނބުރާ ގެންދިޔައީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ހައްލެއް ހޯދައިގެންނެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ސަރުކާރުން އެދިގެންކަން ކަށަވަރުވެއްޖެއެވެ. " 25 އޮގަސްޓް 2024 ގައި އިއުލާނުކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓަރ, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފައެވެ. " ބޭންކްގެ ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.