ޚަބަރުރާއްޖެ

ރައީސް އެ އިނގިލި ދިއްކުރެއްވީ ގައުމީ ބޭންކްގެ ހުރިހާ މުވައްޒަފުންނަށް- ޝާހިދު

August 27, 2024

Share this story

ޤައުމީ ބޭންކުން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރަން އުޅުނު ކަމަށް ވިދާޅުވެ, ރައީސުލްޖުމްހޫރިއްޔާ އެ އިނގިލި ދިއްކުރެއްވީ ބޭންކްގެ ހުރިހާ މުވައްޒަފުންނަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.solexsolex

ރުފިޔާގެ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިނުމް ސަރުކާރުން އަންގައިގެން ހަމަ އެދުވަހު އަނބުރާ ގެންގޮސް, އެއީ އިދިކޮޅު ފަރާތްތައް އަޑީގައި ތިބި ހިންގި މާލީ ބަޣާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ އެފަދައިން ވިދާޅުވެފައެވެ. އެވާހަކަތަކަށް އިޝާރާތްކުރައްވާ ކުރީގެ ފޮރިންގ މިނިސްޓަރ ވިދާޅުވީ ގައުމުގެ ވަލިއްޔުލް އަމުރު ނިކުމެ, ގައުމީ ބޭންކުން ބަޣާވާތް ކުރަނީކަމަށް ވިދާޅުވުމަކީ ވަރަށްބޮޑު ނުރައްކަލެއް ކަމަށެވެ. އެކަމުގެ އިނގިލި ބޭންކްގެ ހުރިހާ މުވައްޒަފުންނަށް އަމާޒުވާ ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބޭންކްގެ އިތުބާރާމެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައި ރައީސްއާއި ވަޒީރުން ނިކުމެވަޑައިގެން, ބޭންކުން ދައުލަތާ އިދިކޮޅަށް ބަޣާވާތް ކުރަން އުޅުމުގެ ތުހުމަތު ކުރުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ބޭންކްގެ ސީއީއޯގެ އިސްތިއުފާއަށް ގޮވުމަކީ އާދައިގެ ކަމެއް ނޫންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިނުކުންނަނީ އަޅުގަނޑުމެންގެ ގައުމީ ވަންތަކަމަށް ކުރައްވާ ޗެލެންޖެއް. އެއީ ނުރައްކަލެއް

އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތު މިހިސާބަށް ދިޔައީ މެނޭޖް ކުރަން ނޭންގިގެން ކަމަށެވެ. އަދި ދޮގުހަދާ އޮޅުވާލަމުން ދިއުމަކީވެސް މިހާލަތަށް ދިއުމުގެ ސަބަބެއް ކަމަށް ވިދާޅުވިއެވެ. ފައްޔާޒު ވަނީ ރައީސް ޑރ.މޖުއިއްްޒުގެ މެނޭޖްކުރުމުގެ ގާބިލްކަމާމެދު ވެސް ސުވާލު އުފައްދަވާފައެވެ.