ޚަބަރުރާއްޖެ

ޕޮލިސް ސަރވިސްގެ ހުރުމަތް ހިފެހެއްޓުމަށް ކޮމިޝަނަރު އިސްތިއުފާދޭން ޖެހޭ- އެމްޑީޕީ

August 27, 2024

Share this story

ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރުމަތް ހިފެހެއްޓުމަށް, ޕޮލިސް ކިޮމިޝަނަރ އަލީ ޝުޖާއު އިސްތިއުފާދެއްވަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ނެރުނު ބަޔާނަކާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ޕޮލިސް ބޮޑީގެ ރުމަތް ހިފެހެއްޓުމަށްޓަކައި ކޮމިޝަނަރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.solexsolex

ފުލުހުން ނެރުނު ބަޔާނަކީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ފުލުހުން ތަހުގީގުކުރާ މައްސަލައެއްގެ މައުލޫމާތު ހިއްސާކުރަން ނެރުނު ބަޔާނެކެވެ. އެބަޔާނުގައި ބުނެފައިވަނީ ބޭންކްގެ އެނިންމުކީ ސިޔާސީ ފަރާތްތަކުން އަޑީގައި ތިބެ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީ ކޮށް ވައްޓާލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި އެމްޑީޕީގެ ނަން ނުގެނައި ނަމަވެސް އިޝާރާތް ކޮށްފައި ވަނީ އެމްޑީޕީއަށެވެ. ބޭންކްގެ ނިންމުން އިއުލާނުކުރި ވަގުތު އެމްޑީޕީން ކުރިއަށް ގެންިދޔަ ޕްރެސްކޮންފަރެންސްގެ ވާހަކަ ބަޔާނުގައި އޮތެވެ. އެކަމަކު ފުލުހުންގެ ބަޔާނާ ގުޅިގެން އެމްޑީޕީއަށް ނިސްބަތް ނުވާ އެތައްބަޔަކުވެސް ފުލުހުންނަށް ފާޑުކިއުން އަމާޒުކުރިއެވެ. އެއީ ހަގީގަތުގައިވެސް ފުލުހުންގެ ބަޔާނެއްތޯ ސުވާލު އުފެއްދިއެވެ.

ފައްޔާޒު ވިދާޅުވީ ކޮންމެ ފަދަ ބަގާވާތެއްގެ ނަން ދިނަސް އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.