ޚަބަރުރާއްޖެ

ސަރުކާރުގެ އިތުރު ކުންފުނިތަކެއް އެއްކޮށްލަނީ

September 01, 2024

Share this story

ސަރުކާރުގެ އިތުރު ކުންފުނިތަކެއް އެއްކޮށްލަން ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރަމުން އެބަދެއެވެ. ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން އެކަމުގެ ހުލާސާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ. solexsolex

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޖެންޑާގައިވާ މުހިއްމު ކަންތައްތަކަކީ އެސްއޯއީތައް ރިފޯމް ކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިއްމު މަޝްވަރާތަކެއް ކަމަށެވެ. މީގެކުރިން ރައީސް ވަނީ ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމަވާފައެވެ. އަދި އެމަސައްކަތް އެދެކުންފުނި ގުޅިގެން ވަނީ ފަށާފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރީޖަނަލް އެއަޕޯރޓްސް ކޮމްޕެނީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަކީ ވަރަށްގިނަ ގުނަ ފައިދާތައް ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގެ މަޝްވަރާތައް މިއަދު ވަޒީރުންގެ މަޖިލިހުގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހިދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލުމުގެ މަޝްވަރާވެސް ވަނީ ތާވަލްކުރައްވާފައެވެ. އެެދެކުންފުނި އެއްކޮށްލުން ނުވަތަ އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމަީ ސަރުކާރުގެ ވިސްނުމެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ބީސީސީ އެކީގައި މަސައްކަތްކުރެވޭނެ ގޮތްތަކެއްގެ މަޝްވަރާވެސް މިއަދު ވަޒީރުންގެ މަޖިލިހުގައި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިއްމު އަދި ކުރިއަރާފައިވާ ކުދި ބައެއް ގައުމުތަކުގައިވެސް ކަންކުރާ ގޮތް އިގްތިސާދު ޑައިވަސިފައި ކުރުމަށް އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފްކުރުމާ ގުޅޭ މަޝްވަރާތައްވެސް މިއަދުގެ ވަޒީރުންގެ މަޖިލިހަށް ވަނީ ތާވަލް ކުރައްވާފައެވެ.