ޚަބަރުރާއްޖެ

އެކްސިޑެންޓް މައްސަލައިގައި ދޫކޮށްލި މީހާ އަލުން ހައްުޔަރުކޮށްފި

September 02, 2024

Share this story

ކާރު އެކްސިޑެންޓް މައްސަލައިގައި ހައިކޯޓުން ދޫކޮށްލި އިބްރާހީމް އިކްރާމް ކޯޓް އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި އެވެ. އޭނާ އަލުން ހައްޔަރުކުރިކަން ރޭ ދަންވަރު އިއުލާނުކުރެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާނެވެ. އޭގެކުރިން އިރާކޮޅު މިނިސްޓަރ ވަނީ އޭނާ އަލުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.solexsolex

އިބްރާހީމް އިކްރާމް ޖުލައި މަހު ހައްޔަރުކުރީ އޭނާ ދުއްވި ސްޕޯރޓްސް ކާރު ކޮންޓްރޯލް ނުވެ މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އެކާރު ދުއްވާފައިވަނީ ވަރަށް ބާރު ސްޕީޑްގައެވެ, ކާރުން ޖެހުމާއެކު ސައިކަލްގައި އިން މީހާ ވިއްސިގެން ދިޔައެވެ. އޭނާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ.

ހައިކޯޓުން އިބްރާހީމް އިކްރާމް ދޫކޮށްލީ ފުރަތަމަ ހައްޔަރުކޮށް, ޝަރީއަށް ނިމެންދެން ބަންދުކުރިއިރު ވަކީލެއްގެ ފުރުޞަތު ދީފައި ނުވާތީއެވެ. ބަންދުކުރި މައްސަލަ ހައިކޯޓްގައި އިބްރާހީމް އިކްރާމްގެ ފަރާތުން އިސްތިއުނާފް ކުރީއެވެ. ހައިކޯޓުން ބުނީ ޝަރީއަށް ނިމެންދެން ބަންދުކުރި އަމުރު ނެރުނީ ގޯސްކޮށް ކަމަށެވެ. ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ކަން ހިނގިގޮތް ތަހުގީގުކޮށް, އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ.