ޚަބަރުރާއްޖެ

އަގުބޮޑުކޮށް ބޭސް ވިއްކުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި

September 12, 2024

Share this story

އަގުބޮޑުކޮށް ޑޮކްޓަރީ ބޭސް ވިއްކުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި އެވެ.solexsolex

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައި ކަމަށެވެ. މިކަމަށް ފިޔަވަޅު އެޅުއްވުމުން ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށް ކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމަށް ވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.