ޚަބަރުރާއްޖެ

މަސްތުވާތަކެއްޗާއި ފައިސާއާއެކު 5 މީހަކު ހައްޔަރު ކޮށްފި

September 12, 2024

Share this story

މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެރަށަކުން 5 މީހުން ހައްޔަރު ކޮށްފި އެވެ. ފުލުހުން ފަސް މީހުން ހައްޔަރުކުރީ ޅ.ހިންނަވަރާއި ނައިފަރުގައި ހިންގި އޮޕަޝޭނެއްގައި އެދެރަށުންނެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.solexsolex

ފުލުހުން ބުނީ އޮޕަރޭޝަން ހިންގީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކަމަށެވެ. ހައްޔަރުކޮށްފިއެވެ.

އޮޕަރޭޝަނުގައި ހައްޔަރުކުރީ ޅ. ހިންނަވަރު / އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)، ޅ. ނައިފަރު / ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ހިންނަވަރު / ފެހިގެ، މުޙައްމަދު އިރުޝާދު (35އ) އަދި އދ. މަހިބަދޫ / ކުޅިބަލާގެ، އަދި ފާޠިމަތު ރީމާ (44އ) އެވެ. މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ 86.26 ގްރާމް ބަރުދަން ހުރި ތަކެތި ފެނުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރުގެ އިތުރުން ޔޫރޯވެސް ފެނުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

ފަސްމީހުންގެ ތެރެއިން ހުސައިން އީސާ ފުޅާއި, އަޙްމަދު މުޙައްމަދު ހަތް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޢަބްދުﷲ ޒަކަރިއްޔާ ބަންދުކުރީ 15 ދުވަހަށެވެ. ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.