ޚަބަރުރާއްޖެ

ފްލެޓްތައް އަވަހަށް ހަވާލުކުރުމަށް ގޮވާލާ މުޒާހަރާ ކުރަނީ

October 21, 2024

Share this story

ލިޔުނީ

އަށްޑުވަސް,

މުޒާހަރާ

ފްލެޓްތައް އަވަހަށް ހަވާލުކުރުމަށް ގޮވާލާ މުޒާހަރާ ކުރަން ފަށައިފިއެވެ.solexsolex

އެމްޑީޕީ އިސްވެ އޮވެ, މުޒާހަރާ ފެށީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ ސަރަހައްދުންނެވެ. ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ފުރުޞަތު ދިނީ ކުރިމަތީގައި އޮތް ޕާކިންގ ޒޯންގެވެސް މަޖިލިހުގެ އިދާރާއާ އެންމެ ދުރުންނެވެ. މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދިޔައީ ފްލެޓްތައް އަވަހަށް ހަވާލުކުރުމަށް އެދިއެވެ. ބޯޑްތަކުގައި ލިޔެފައިވަނީ 'މަގޭ ފްލެޓް ކޮބާ" އަދި "ފްލެޓް ހަވާލުކުރޭ" ފަދަ ބޯޑްތަކެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުން 4000 ފްލެޓް ލިބޭ ފަރާތްތަކަށް ލިޔުން ދީ, ލިސްޓް ގެޒެޓް ކުރި ނަމަވެސް މިސަރުކާރުން ނިންމީ އެކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އަދި އަލުން ލސިްޓް ރިވިއު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަސް ނިމުމުގެ ކުރިން އާ ލިސްޓް އިއުލާނު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.