ޚަބަރުރާއްޖެ

ދުންފަތުގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައަޅަނީ

October 22, 2024

Share this story

ދުންފަތުގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ. މިހާރު ދުންފަތުގެ މުއާމަލާތް ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. ޤާނޫނުގައިވާ ގޮތުން ބޮޑު މީހެއް ކަމުގައި ބަލާ އުމުރަކީވެސް 18 އަހަރެވެ.solexsolex

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށެވެ. މިފިޔަވަޅުގެ ދަށުން ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރެވެ. އެބަދަލު ގެނައުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެންނަނަވާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ރައީސް ވަނީ ވޭޕާއި, ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި, ބޭނުން ކުރުން މަނާކުރަންވެސް ނިންމަވާފައެވެ. އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރަން ވެސް ވަނީ ނިންމަވާފައެވެ.