1.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި
October 24, 2024
Share this story
1.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލިހަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު ހުށަހެޅުއްވީ 519,58129 ރުފިޔާގެ ބަޖެޓެކެވެ.solex
ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ މިސަރުކާރުގެ ބަޖެޓެއް ނޫން ކަމަށެވެ. ޚާއްޞަކޮށް ރައީސްގެ ފުރިހަމަ ވިސްނުންފުޅަށް ހުށަހެޅިފައި އޮތް ބަޖެޓެއް ނޫން ކަމަށް ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ ސަރުކާރުގެ ތަސައްވަރާއި,ވިސްނުން މިއަހަރުގެ ބަޖެޓްގައި ފުރިހަމައަށް ހިމެނިފައި ނުވުމަކީ ސަޕްލިމެންޓްރީ ބަޖެޓެއް ތައްޔާރުކުރަން ޖެހުނު އެއް ސަބަބު ކަމަށެވެ. މީގެއިތުރުން ތަރައްޤީގެ މަޝްރޫއުތައް ނުހިއްޓި ކުރިއަށް ގެންދިއުމަކީވެސް ބަޖެޓް ސަޕްލިމެންޓް ކުރަން ޖެހުނު ސަބަބެއް ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓްގައި މަޝްރޫއުތަކަށް ރިއަލިސްޓިކް ނޫން އަދަދުތައް ޖަހާފައި ހުރުމުން އެކަމަށްވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ދެ ބިލިއަން ރުފިޔާ ހިމަނުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމަށްވެސް ބަޖެޓް ސަޕްލިމެންޓް ކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓްގައި ފައިސާ ހިމަނާފައިވާ ދާއިރާތަކުގެ ތެރޭގައި ސަބްސިޑީ ދިނުމާއި, ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުމާއި, ސްޓޫޑެންޓް ލޯނާއި, ބޭސްފަރުވާއަށް ޚަރަދު ކުރުން ހިމެނެއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަނީ މިއަހަރަށް ފާސްކުރި 50 ހަކަށް ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވުމުގެ ކުރިން ކަމަށެވެ. ވަޒީރު ފާހަގަކުރެއްވީ މާލިއްޔަތު ޤާނޫނާ އެއްގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވި ކަމެވެ.