ޚަބަރުރާއްޖެ

އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

October 31, 2024

Share this story

އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލިހަށް ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ.solexsolex

އަންނަ އަހަރަށް ދަތުލަތުން ހުށަހެޅި ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ހިމެނޭ ބަޖެޓްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ބަޖެޓްގައި އެންމެބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. ހައުސިންގ މަޝްރޫއުތަކަށް ސަރުކާރުން ސީދާ ގޮތެއްގައި ޚަރަދު ކުރުމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން %5 ގައި 2-4 ބިލިއަން ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ. ލޯނަށް މިހާރުވެސް ވަނީ ހުޅުވާލާފައެވެ. ބޯހިޔާވަހިކަމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ޖުމްލަ އާމްދަނީ ހިލޭ އެހީއާއެކު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 39.8 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ޚަރަދަކީ 13.4 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ, އަދި ޖުމްލަ ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓް 9.4 ބިލިއަން ރުފިޔާ ޑެފިސިޓްވާނެއެވެ.

ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. ސަޕްލިމެންޓްރީ ބަޖެޓާއެކު ހިނގަމުންދާ އަހަރުގެ ބަޖެޓްގެ ޖުމްލަ 55 ބިލިއަން ރުފިޔާއަށް އަރައެވެ.