ޚަބަރުރާއްޖެ

ކުއްލި ހާލަތުގައި ގުޅަން 911 ތަޢާރަފްކޮށްފި

November 15, 2024

Share this story

ކުއްލި ހާލަތުގައި ގުޅާނެ ނަމްބަރަކީ 911 ކަމުގައި ހަމަޖައްސާ, އެމެޖެންސީ ހޮޓްލައިން ތަޢާރަފްކޮށްފިއެވެ. ޕޮލިސް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަޖެންސީ ހޮޓްލައިން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާނެވެ.solexsolex

އެމަޖެންސީ ހޮޓްލައިން ޤާއިމް ކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގައވެ. ނަމަވެސް އެ ނަމްބަރުން ފުލުހުންގެ ޚިދުމަތާއި، އެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން ކޯސްޓްގާޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޙިދުމަތްވެސް ލިބޭނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ 911 އަށް ހުށަހަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ތާރީޚީ, ރަންއަކުރުން ފަވާލެވޭނެ ޚިދުމަތެއް ކަމަށެވެ. ޚިދުމަތް ތަޢާރަފްކުރެއްވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު މިފަދަ ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރެއްގެ މުހިންމުކަން އެނގިވަޑައިގަތް މިފަދަ ޚިދުމަތެއް ފައްޓަވަން ވަގުތުން ނިންމެވި ނިންމެވުމާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކެބިނެޓުން މި މަސައްކަތް ކުރުމަށް ނިންމުމުން ރައީސް ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާއި ހަވާލުވެތިބި ވުޒާރާތަކަށް މި ޚިދުމަތް ތަޢާރަފްކުރުމަށް އިރުޝާދު ދެއްވި ކަމަށް ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ

911 އިޙްތިޔާރުކުރި އިރު ވަރަށް ބޮޑަށް ބެލިން އޭގެ ޒާތުގަ ޕްރޮމޯޓްވަމުން ކުރިއަށްއޮތް ތަނުގަވެސް އަންނާނެ ނަންބަރެއް ސެލެކްޓްކުރުން. އެގޮތުން އަޅުގަނޑުމެންނަށް އެކިއެކި މީޑިއާތަކުގެ ޒަރިއްޔާއިންވެސް ފެންނަ އެއް ނަންބަރަކީ 911. އެހެންކަމުން އަޅުގަނޑުމެން ނިންމީ އެންމެ ފަސޭހަ ގޮތަކީ އަދި ގިނަ ރައްޔިތުންނަށް ހަނދާނުގައި ބަހައްޓަންވެސް ފަސޭހަވާނީ މިފަދަ ނަންބަރަކާއިގެން ކުރިއަށްދިޔައީމަކަން.

މި ޚިދުމަތް ތަޢާރަފްވެގެން މިއައީ އެންމެ ބޭނުންވާ ފުރިހަމަ ފެންވަރެއްގައި ނޫން ކަމަށާއި އެހެންނަމަވެސް ޚިދުމަތް ފެށިފައި ވަނީ ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކަމާގުޅޭ ހުރިހާ އިދާރާއެއް ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް މިއައްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ކޮމިއުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކޮށް ޖީއައިއެސް މެޕްކުރެވޭނެ ނިޒާމަކަށް ބަދަލުކޮށް ޑިސްޕެޗް ސިންކްނޮރައިޒް ވާގޮތަށް ކުރިއަށް އޮތްތަނުގައި ހައްދަވައިދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.