2028 ވަނަ އަހަރު ވެސް ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު
November 24, 2024
Share this story
2028 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީން ބުނެފިއެވެ. އެޕާޓީގެ ޗެއަރޕަސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އެއީ އެޕާޓީގެ އަސާސީ ގަވާއިދުގައި އޮތްގޮތް ކަމަށެވެ. solex
ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެޕާޓީގެ ޓިކެޓްގައި އިންތިޚާބުވި ރައީސުލްޖުމްހޫރިއްޔާއަކަށް ދެވަނަ ދައުރަށް ޕާޓީގެ ޓިކެޓް ލިބޭ ކަމަށެވެ. ޤާނޫނޫ އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވިދިވިދިގެން ދެ ދައުރު ލިބެއެވެ.
މިހާތަނަށް 2028 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމާއި, އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް އެވެ. މީގެތެރެއިން ފައްޔާޒު ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށެވެ. އެކަން އޭނާ އިއުލާނުކުރެއްވީ އިއްޔެއެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ސިޔާސީ ތަޖުރިބާއަށް ބަލާއިރު ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ވިދިވިދިގެން ދެވަނަ ދައުރަކަށް އިންތިޚާބުވާ ފުރަތަމަ ރައީސްއަކަށް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެއްވެސް އިރެއްގައި އެކަމަށް އޭނާގެ ޝއުގެއް ނެތްކަމަށެވެ.