ޚަބަރުރާއްޖެ

އިންޑިޔާގެ ޓީމް ފުރީ ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ ކަންކަން ދިރާސާކުރުމަށްފަހު- ފުލުހުން

December 28, 2024

Share this story

ލިޔުނީ

އަށްޑުވަސް,

މ.ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިޔާ ތަހުގީގު ކުރަން އަދި އިންޑިޔާގެ ޓީމް ފުރީ ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ ކަންކަން ދިރާސާކުރުމަށްފަހު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. solexsolex

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި ގްރީން ބިލްޑިންގައި އަލިފާން ރޯވި ހާދިސާގެ ތަހުގީގަށް ދިވެހިން ފުލުހުންނަށް އެހީވާން އައި އިންޑިޔާގެ ތަޖުރިބާކާރުންގެ ޚާއްޞަ ޓީމް އެނބުރި ދިޔައީ މިދިޔަ އާދިއްތަ ދުވަހުއެވެ. ފުލުހުން ބުނީ އެޓީމް ފުރީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކޮށްފައިވާ ކަމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

ގްރީން ބިލްޑިންގައި އަލިފާން ރޯވީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނު އެވެ. އެހާދިސާގައި އެއިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އެތަނުގައި ހިންގަމުން އައި ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ބަދަލުކޮށް ޚިދުމަތްދޭން ފެށީ ދަރުބާރުގޭގައެވެ.

މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ވަނީ ފުރާފައެވެ.