ޚަބަރުރާއްޖެ

ފެބްރުއަރީ 6, ސަރުކާރު ބަންދު

January 15, 2025

Share this story

ކުރިއަށް އޮތް ފެބުރުއަރީ 6 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ފެބްރުއަރީ ހަވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ.solexsolex

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ފެބްރުއަރީ 6 ވަނަ ދުވަހެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހެވެ.

ފެބްރުއަރީ 6 ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމުން ސަރުކާރު މުވައްޒަފުންނަށް ވިދިވިދިގެން ބަންދު 3 ދުވަސް ލިބޭނެ އެވެ.