ސިޓީ މިހަދަނީ ކިހިނެއް, އާސެނަލް އަތުން ބަލިވީ 5 ލަނޑުން!
February 03, 2025
Share this story

ފޯމް ދަށްވެ, ނަތީޖާތަށް ދައްވެއްފައި މެންޗެސްޓަރ ސިޓީ އާސެނަލް އަތުން 5 ލަނޑުން ބަލިވެއްޖެއެވެ.solex
އެނބުރި އައީކަމަށް ބެލެވިފައި ވަނިކޮށް, ޕްރިމިއަރ ލީގުގައި ރޭ އާސެނަލްގެ ދަނޑުގައި ބަލިވީ 5-1 ނެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައި އޮޑެގާޑް ލަނޑު ޖަހާ އާސެނަލްއަށް ލީޑް ނަގައިދީފައި ވަނިކޮށް, ދެވަނަ ހާފްގެ ކުރީކޮޅު ހާލަންޑް ލަނޑު ޖަހާ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު ދެން ފެނުނީ އާސެނަލް އިން ފުލުފުލުގައި ޖެހި ހަތަރު ލަނޑެވެ. އެލަނޑުތައް ޖެހީ ޕާޓޭ އާއި ލެވިސް ސްކެލީ އާއި ކައި ހާވާޓްޒް އާއި 17 އަހަރުގެ އީތަން އެވެ.
ދެވަނައިގަ އޮތް އާސެނަލްއާ ސިޓީއާ ދެމެދުވެސް 9 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީއަށް ކުރިއަށް ޗެމްޕިއަންސް ލީގު ޕްލޭ އޮފްގެ މުހިއްމު މެޗުވެސް އެބައޮތެވެ. އެއީ ރެއާލް މެޑްރިޑާ ވާދަކުރާ މެޗެވެ.