ޚަބަރުސްޕޯޓްސް

ބާސެލޯނާ މޮޅުވެ ފަރަގު ކުޑަކޮށްފި

February 10, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ސްޕެނިޝް ލަލީގާބާސެލޯނާ

މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެ, މޮޅުވެގެން ބާސެލޯނާއިމް ލަލީގާ ގައި ފަރަގު ކުޑަކޮށްފިއެވެ.solexsolex

ބާސެލޯނާއިން ފަރަގު ކުޑަކުރީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗު އެއްވަރުވުމުގެ ފައިދާ ނަގައިގެންނެވެ. ބާސެލޯނާ މެޗު ކާމިޔާބުކުރީ ސެވިއްޔާގެ ދަނޑުގައި 4-1 ން މޮޅުވެގެންނެވެ. މެޗުގެ 62 ވަނަ މިނިޓުން ފެށިގެން ބާސެލޯނާއިން ކުޅުނީ އެކަކު މަދުކޮށެވެ. އެއީ ފާމިން ލޮޕޭޒްއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.

ރަތްކާޑް ދެއްކިއިރު 3-1 ން ބާސެލޯނާ އޮތީ ކުރީގައެވެ. 7 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ ލެވަންޑޯސްކީ އެވެ. އެކަމަކު ޖެހިގެން އައި މިނިޓްގައި ވާގަސް ލަނޑު ޖަހާ ސެވިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ބާސާއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ދެވަނަ ހާފްގެ ދެވަނަ މިނިޓްގައި ފާމިން ލޮޕޭޒް އެވެ. ތިންވަނަ ލަނޑު 55 ވަނަ މިނިޓްގައި ޖެހީ ރަފީނިޔާ އެވެ. ފަހު ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ އެރިކް ގާސިއާ އެވެ.

މިމޮޅާއެކު ބާސެލޯނާއާ ރެއާލްގެ ފަރަގަކީ ދެ ޕޮއިންޓެވެ. ބާސާއާ އެތްލެޓިކޯ މެޑްރިޑްގެ ފަރަގަކީ ޕޮއިންޓެކެވެ.