ރެއާލް އާއި އެތްލެޓިކޯ އެއްވަރު
February 09, 2025
Share this story

ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗު އެއްވަރު ވެއްޖެ އެވެ. ރެއާލްގެ ދަނޑުގައި މެޗު އެއްވަރުވީ 1-1 ނެވެ.solex
މެޗުގައި ފުރަތަމަ ކުރި ހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. 35 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ އާޖެންޓީނާ ފޯވާޑް އަލްވަރޭޒް އެވެ. ޕެނަންކާ ޕެނަލްޓީގެ ލީޑްގައި އޮވެވުނީ 50 ވަނަ މިނިޓާ ހަމައަށެވެ. މިއީ ޗުއަމެނީ ސެމިއެލް ލިއޮން އަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީ އެކެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްބާޕޭ އެވެ. މިއީ މިސީޒަންގެ ލީގުގައި އެމްބާޕޭގެ 16 ވަނަ ގޯލެވެ.
މިނަތީޖާގެ ސަބަބުން ޕޮއިންޓެއްގެ ފަރަގަކާއެކު އެއްވަނައިގައި ރެއާލްއަށް ދެމި އޮވެވޭނެއެވެ. އެކަމަކު ބާސެލޯނާ މެޗު ކާމިޔާބުކޮށްފި ނަމަ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ޕޮއިންޓަކަށް އަދި ރެއާލްއާ ދެ ޕޮއިންޓަށް ކައިރިވެ, ވާދަވެރިކަން ވަރަށް ބޮޑުވާނެއެވެ.