ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށް, ބާސެލޯނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް
April 11, 2024
Share this story

ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށް, ބާސެލޯނާއިން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ހޯދައިފި އެވެ.solex
ފުރަތަމަ ލެގުގައި ބާސާއިން ޕީއެސްޖީގެ ދަނޑުގައި އެޓީމް ބަލިކުރީ 3-2 ނެވެ. ބާސާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅޭ ޕީއެސްޖީ ކޮޅަށް ބާސާގެ ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓްގައި ރަފީނިއާއެވެ. އޭގެ ފަހުން ޕީއެސްޖީ ދެ ލަނޑު ޖަހާ ލީޑެއް ނެގިއެވެ. ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިޓްގައި ބާސާއަށް ކުރިން ކުޅުނު ޑެމްބެލޭ އެވެ. އޭގެ ދެ މިނިޓް ފަހުން ވިޓިންހާ ލަނޑު ޖަހާ ޕީއެސްޖީ އަށް ކުރި ހޯދައިދިނެވެ. ބާސެލޯނާގެ ދެވަނަ ލަނޑު ޖަހާ ނަތީޖާ ހަމަަހަމަ ކޮށްދިނީވެސް ބްރެޒިލްގެ ރަފީނިއާ އެވެ. މެޗުން ބާސާ މޮޅުކޮށްދިން ލަނޑު 77 ވަނަ މިނިޓްގައި ޖެހީ ކްރިސްޓެންސެން އެވެ.
މެޗުން ބާސެލޯނާ މޮޅުވެފައި މިވަނީ ބާސާގެ ކޯޗު ޒަވީއަށް ވުރެ ބާސާގެ ސްޓައިލްއަށް ކުޅުވަން އިނގެނީ އޭނާއަށް ކަމަށް ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނެފައި ވަނިކޮށެވެ. މިދެޓީމް ދެވަނަ ލެގުގައި ބާސާގެ ދަނޑުގައި ކުޅޭނީ މިމަހުގެ 16 ގައެވެ.
ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލް ފުރަތަމަ ލެގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ވަނީ 2-1 ން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް 2-1 ން ބަލިކޮށްފައެވެ.