ޕޮލިސް ކޮލެޖްގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލްގައި, ބައެއް ދަރިވަރުންގެ ހާލު ސީރިއަސް
July 17, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ޕޮލިސް ކޮލެޖްގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ. އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖްގެ ދަރިވަރުން ކާނާ ވިހަވެ ފަރުވާ ދެމުން ދަނީ އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.solex
32 ދަރިވަރުންނަށް މިވަގުތު އެޑްމިންޓް ކޮށްގެން ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން 5 ދަރިވަރުން އެޑްމިންޓް ކޮށްފައިވަނީ އައިސީޔޫގައެވެ. އެއް ދަރުވަރެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބުނީ މިކަން ދިމާވި ސަބަބު ބަލަމުން ދާކަމަށެވެ. އެދަރިވަރުންނަށް ފަރުވާ ދިނުމަށް މިވަގުތު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.