މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން 7 މީހަކު ހައްޔަރުކޮށްފި
July 18, 2024
Share this story
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން 7 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.solex
ހަތް މީހުންނާއެކު 1085.71 ގްރާމްގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފައެވެ. މަސްތުވާތަކެތި ފެނިފައިވަނީ ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން އެ އޮޕަރޭޝަން ހިންގާފައި ވަނީ އަންގާރަ ދުވަހު އެވެ.
މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުންނެވެ. އެއީ ދިވެހިން ކަމެއް ފުލުހުން ނުބުނެއެވެ. ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުން ދާކަމަށެވެ.