ތައުލީމީ މީހުންނަށް ބޮޑު މުސާރަދޭން ޕީއެސްއޭޕީ ބަޖެޓުން 200 މިލިއަން ނަގަނީ
July 19, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ތައުލީމީ މީހުންނަށް ރަނގަޅު މުސާރައެއް ދިނުމަށް އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގެ ތެރެއިން ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. solex
މަތީސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގަ ފާސްވި ދަރުވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މިފަދައިން ވިދާޅުވީ ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދަރިވަރުން އެނބުރި ރާއްޖެ ނާންނާތީ އެކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ރައީސް ވިދާޅުވީ އެނބުރި ނާންނަނީ ދިރިއުޅުމުގެ ހާލަތު މާލޭގައި އޮތް ގޮތުންނާއި, ލިބޭ މުސާރަ ކުޑަވުމުން ކަމަށެވެ. އެކަން ހައްލުކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަން ފާހަގަކުރައްވާ ވިދާޅުވީ އެކި ފަންނުތަކުން ކިޔަވާ ކުދިންނަށް، ސަރުކާރުގެ ރަނގަޅު ފެންވަރުގެ މުސާރަ ލިބޭ މަގާމުތައް ހަމަޖެއްސަވާނެ ކަމަށެވެ. އަންނަ އަހަރުން ފެށިގެން އެކަން ކުރައްވާނީ ޢުމްރާނީ ތަރައްޤީއަށް މިކުރާ ޚަރަދުން، އެއްބައި ނަގައިގެން ކަމަށް ވިދާޅުވިއެވެ.
އެހެންވީމާ، އިންފްރާސްޓްރަކްޗަރ ބަޖެޓުގެ ތެރެއިން، ޕީ.އެސް.އޭ.ޕީ. ބަޖެޓުގެ ތެރެއިން، މި އަންނަ އަހަރުން ފެށިގެން ދުއިސައްތަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ކަނޑައަޅާނަން. އެއީ، މި ދެންނެވިގޮތަށް އެކި ދާއިރާތަކުން ކިޔަވައިފައި ތިބި މީހުންނަށް، ސަރުކާރުގެ ތެރެއިން ރަނގަޅު ފެންވަރުގެ މުސާރައެއް މި ދެންނެވީ، ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށްޓަކައި.
ރައީސް ވިދާޅުވީ އޭގެ ނަތީޖާއަކަށް ވާނީ، ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށް ވުރެވެސް، ރަނގަޅު މުސާރައެއް ސަރުކާރަށް އައިސްގެން ގިނަ ދައިރާތަކުން ލިބުން ކަމަށެވެ. ކިޔަވާ ނިމިގެން ބޭރުގައި މަޑުކުރާކަށް ނުޖެހޭނެ ކަމަށާއި, ރާއްޖެއިން ބޭރުގައި ނުހުރެ، ރާއްޖެ އައިސް، ރާއްޖޭގައި އެކި ދާއިރާތަކުން، އެކި ފަންނުތަކުން، ސަރުކާރުގެ އެކިއެކި މަސައްކަތް ތަކުގައި، ބައިވެރިވެ ޤައުމު ބިނާ ކުރުމުގައި، އުޅުމުގައި، ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި މިހާރު ކިޔަވައިގެން ތިބި ދިވެހިންވެސް އަވަހަށް ރާއްޖެ އައުމުގެ ވިސްނުން، ފަށަން ރައީސް އެދިވަޑައިގެންނެވި އެވެ. ވިދާޅުވީ ސަރުކާރުންބޮޑު މުސާރަ އާއެކު ހައުސިންގެ މައްސަލަވެސް ހައްލުކުރައްވާނެ ކަމަށެވެ.