ޚަބަރުރާއްޖެ

މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

October 19, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ފިނޭންސް މިނިސްޓްރީ

solexsolex

މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބަންޑާރަނައިބު އަހުމަދު އުޝާމްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭތީ އެމަސައްކަތް ކުރަމުންދާ ކަމަށެވެ. ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާނީ ކެބިނެޓްގައިވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ރައީސުލުޖުމްހޫރިއްޔާގެވެސް މަޝްވަރާގެ މަތީން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޒަމީރު ވިދާޅުވީ މިދިޔަ ސަރުކާރުން ޤާނޫނާއި, ގަވާއިދުތަކާ ހިލާފަށް ޚަރަދުތައް ކޮށްފައިވާތީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކަން ބަލާ ރިޕޯރޓެއް އެކުލަވާލައްވަމުންދާ ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅޭނީ އެރިޕޯރތް ލިބުމުން އެއަށްވެސް ބަލައިގެން ކަމަށް ވިދާޅުވިއެވެ.

ސަޕްލިމެންޓް ކުރަން ހުށަހަޅާނެ ސީދާ އަދަދެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ. ނަމަވެސް އެއީ ފަސް މިލިއަނެއްހ ރުފިޔާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ތިން އަހަރުވެސް އޭރުގެ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއެވެ.