ޚަބަރުރާއްޖެ

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ

October 20, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޕީއެލް

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ހިންގަނީ މުޅި ރާއްޖޭގައެވެ.solexsolex

މިއީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފެށި ހަރަކާތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ. އެމްޕީއެލްގެ އަމާޒަކީ ރައީސްގެ ވައުދުގައި ހިމެނޭ ފަސް މިލިއަން ގަހުގެ ތެރެއިން އެއް މިލިއަން ގަސް އިންދުމެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ އެމްޕީއެލްއިން ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޚާއްޞަ ޓާސްކްފޯހެއްވެސް އުފައްދަވާނެ ކަމަށެވެ. ޕްރޮގްރާމް ކުރިއަށް ގެންދާނީ ޓާސްކްފޯހުގެ ބެލުމުގެ ދަށުން މުޅި ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެމްޕީއެލްއިން ނިންމާފައިވަނީ ބޭނުންތެރި ގަސް އިންދަން އިސްކަންދީގެން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ.

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައެވެ. އެއް މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމް ވަނީ އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމަށް ޕްލެޖްގެ ލިޔުން ހަވާލުކުރައްވާފައެވެ.