ޚަބަރުދުނިޔެ

ލުބުނާނުގައި ސުލްޙައަށް މަސައްކަތްކުރާ ފަރާތްތަކުގެ 'ވޮޗްޓަވަރ' އިޒްރާއިލްއިން ހަލާކުކޮށްލައިފި

October 21, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލް

ލުބުނާނުގައި ހަރަކާތްތެރިވާ އދގެ ސުލްޙާއަށް މަސައްކަތްކުރާ ފަރާތްތަކުގެ ވޮޗްޓަވަރ އަކަށް އިޒްރާއިލްއިން ގަސްތުގައި ހަމަލާ ދީފައިވާކަމަށް އެޖަމާއަތުން ބުނެފިއެވެ. ދެކުނު ލުބުނާނުގައި އދ ން މީގެ ޓަވަރުތައް އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައި ވެއެވެ. އެހުރިހާ ސަރަޙައްދެއްގައިވެސް އެޖަމާއަތުގެ މެމްބަރުންވެސް ޤާއިމްވެ ތިބޭނެއެވެ.solexsolex

އިޒްރާއިލްގެ އަސްކަރިއްޔާގެ ބުލްޑޯޒަރުތަކުން ގަސްތުގައި ދިން ހަމަލާގައި ދެކުނު ލުބުނާނުގައި ހުރި އދ. ގެ އޮބްޒަވޭޝަން ޓަވަރު ވަނީ ހަލާކުކޮށްލާފައެވެ. އދ ގެ ޕެރިމީޓަރ ފެންސަށްވެސް ވަނީ ގެއްލުންދީފައެވެ. އެޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން އިޒްރާއިލްއިން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރިމަތިކުރި ނަމަވެސް ލުބުނާނުގައި ހުރި އދ. ގެ އެއްވެސް ޕޯސްޓެއް ދޫކޮށް އެފަރާތްތައް ނުދާނެއެވެ.

'އަހަރެމެން (އިޒްރާއިލް ގެ ފޯސްތަކަށް) އަދި ސަރަޙައްދުގައި ހަރަކާތްތެރިވާ އެންމެންނަށް ހަނދާންކޮށްދެން އދ. ގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެ އެންމެންގެ މައްޗަށްވެސް ބައިނަލްއަގުވާމީ ޤާނޫނޫން ލާޒިމު ކުރާ ކަމެއްކަން. އދ ގެ މުދަލާއި މުވައްޒަފުން ހިމެނޭހެން. އަދި އދގެ އިމާރާތްތަކަށް ދޭންޖެހޭ އިޙްތިރާމްވެސް ހުރިހާ ވަގުތެއްގައިވެސް ދިނުމަށް" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިޒްރާއިލްއިން ބައިނަލްއަގުވާމީ ޤާނޫނު މުގުރާލުންކަމަށް ބުނެ އެކަންކަން ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.