ސްޕެއިންއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި ހާދިސާގައި މަރުވި މީހުންގެ އަދަދު 150 ން މައްޗަށް
November 01, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ބުދަ ދުވަހު ސްޕެއިންގެ ވެލެންސިއާގެ އިރުމަތީ ސަރަޙައްދުތަކަށް 8 ގަޑިއިރު ވަންދެން ވެހުނު ބޯ ވާރޭގައި މިހާތަނަށް 158 މީހުން މަރުވެފައިވާކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ އަލަޖްޒީރާއިން ބުނެފިއެވެ. އިރުމަތީ އަންދަލޫސިއާ އަދި ކަސްޓިއްލާ ލަ މާޗާ އަށް ވިއްސާރައިގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއީ ފަހުގެ ތާރީޙެއްގައި ސްޕެއިންގައި ފެންބޮޑު ވުމުގެ ހާދިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. މީހުން ސަލާމަތްކުރާ އެޖެންސީތަކުން އަދިވެސް ދަނީ ދިރިހުރި މީހަކު ފެނޭތޯ ބަލަމުންނެވެ.solex
މީޑިއާތަކުގައި ދައުރުވާ ފޮޓޯތަކަށް ބަލާއިރު, ފެން ބޮޑުވުމުގެ ސަބަބުން ބޮޑު ސަރަޙައްދެއްގައި ކިސަޑު އުފެދިފައިވާއިރު އެތައްސަތޭކަ ކާރެއް ވަނީ ކިސަޑުތަކުގެ ތެރެއަށް ގަނބައިގަނެފައެވެ. އަދި ކަރަންޓްގެ ޙިދުމަތް ދިނުމަށް އަޅާފައިވާ ކޭބަލްތަކާއެކު ގަސްތައްވެސް ވަނީ ގެތަކު މައްޗަށް ވެއްޓިފައެވެ. ކިސަޑާއެކު ބްރިޖްތައް ހަލާކުވެ މަގުތައްވެސް ވަނީ އެއްކޮށް ފޮރުވިފައެވެ.
މައި ސަރުކާރުން ކާރިސާގެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅަމުންދާލެއް ލަސްކަމަށްބުނެ ސްޕެއިންގެ އިދިކޮޅު ސިޔާސީ ލީޑަރުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެސަރަޙައްދުތަކަށް މޫސުމީ އިންޒާރު ފޮނުވާފައިވެސް ވަނީ މާލަހުން ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. އެކަމަށް ގިނަ އާންމުންވެސް ވަނީ އެއްބަސްވެފައެވެ. އެސަރަޙައްދުގެ ލޯކަލް ސުޕަރމާކެޓެއްގެ މެނޭޖަރު ލައުރާ ވިޔައެސްކުސާ ރޮއިޓާސްއަށް މައުލޫމާތު ދިންގޮތުގައި ކުރިން އިންޒާރު ލިބުންނަމަ މަރުވި ގިނަ މީހުން މަރުނުވެ ސަލާމަތް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވެއެވެ.
މިސަރަޙައްދުގެ ވަރަށް ގިނަ އާންމުން ބުނި އެމީހުންނަށް މޫސުމީ އިންޒާރު ލިބުނީ ފެންބޮޑުވި ފަހުންނޭ
ވެލެންސިއާ އަށް ކުރިމަތިވި ގުދުރަތީ ކާރިސާއާ ގުޅިގެން ލަލީގާގެ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ވެލެންސިއާ އާއި ރެއަލް މެޑްރިޑް ބައްދަލުކުރާ މެޗު މިހާރު ވަނީ ފަސްކޮށްފައެވެ. ކޮޕަ ޑެލް ރޭ ގައި ބުދަ ދުވަހު ވެލެންސިއާ އާއި ޕަރލާ ސްކުއޭލާ ކުޅެން ހަމަޖެހިފައިއޮތް މެޗު 6 ނޮވެމްބަރަށް ބަދަލުކޮށްފައި ވާއިރު ހަފްތާ ބަންދުގައި ކުޅުމަށް ކުރިން ތާވަލް ކުރެވިފައި ހުރި މެޗުތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. ލަލީގާ އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ ކުރިއަށް ހުރި ގިނަ މެޗުތައް ފެށުމުގެ ކުރިން މަރުވި މީހުންގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެންނާނެ ކަމަށް ބުނެފައެވެ.
ކާރިސާއާ ގުޅިގެން ގިނަ ބަޔަކު މަރުވެފައިވާއިރު, ސްޕެއިންގެ ސަރުކާރުން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަކީ ޤައުމީ ހިތާމައިގެ 3 ދުވަސް ކަމުގައި ކަނޑައަޅާފައެވެ.