ފެލްޓް ލިސްޓަށް ނުފޫޒެއް ނުފޯރުވޭނެ - މިނިސްޓްރީ
November 27, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ފެލްޓް ލިސްޓަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ރޭ ޢާއްމުކުރި ބަޔާނެއްގައި ބުނީ ލިސްޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު އެލިސްޓަށް ނުފޫޒު ފޯރުވާ, ވަކިބަޔަކަށް ފްލެޓް ދޭން އުޅޭ ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އެއީ 'ގެދޮރުވެރިޔާ' ސްކީމާ ޢާއްމުންގެ ހިތުގައި މިނިސްޓްރީއާމެދު ނުބައި ތަސައްވަރެއް އުފައްދަން ދައްކާ ހަޤީޤަތާ ހިލާފް ވާހަކަތަކެއް ކަމަސް ބަޔާނުގައި ބުނެފައި ވެއެވެ. ސްކީމްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ މީސްމީޑިޔާގައި ފަތުރަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތްތަކުގައި ނުތަވަނަސްކަން އުފައްދަން ދައްކާ ކަނޑައެޅިގެން ހަޤީޤަތާ ހިލާފް ވާހަކަތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.solex
މިސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. މިމިނިސްޓްރީގެ މަޤްޞަދަކީ މިސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެން ދިއުމެވެ.
4000 ފްލެޓަކީ މިދިޔަ ސަރުކާރުން އިމާރާތް ކުރަން ފަށާ އެކި މަރުހަލާގައި ހުރި ފްކެޓްތަކެވެ. އެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް އެކުލަވާލާ މިދިޔަ ސަރުކާރުން ވަނީ ގެޒެޓްވެސް ކޮށްފައެވެ. އަދި އެއްބަސްވުންތަކުގައި ސޮއިވެސް ކުރިއެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީން ބުނުމާވެސް އެކު މިސަރުކާރުން އަލުން ރީއިވެލުއޭޝަންގެ މަސައްކަތް ފެށީއެވެ. ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢާއްމުކުރަން މިސަރުކާރުން ދިން އެކި ތާރީޚުތައް ވަނީ ފަހަނަ އަޅާފައެވެ.