ޚަބަރުރާއްޖެ

ޑިސެމްބަރު 10 ގައި އެމްޑީޕީން އަނެއްކާވެސް ނިކުންނަނީ

November 30, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޑީޕީ

ޑިސެމްބަރު 10 ގައި އެމްޑީޕީން އަނެއްކާވެސް އެއްވުމަކަށް ނިކުންނަކަން އިއުލާނުކޮށްފިއެވެ. މިފަހަރު އެމްޑީޕީން ނިކުންނަނީ ޤާނޫނު އަސާސީގެ ދިފާއުގައެވެ. solexsolex

ޑިސެމްބަރު 10 ވަނަ ދުވަހުގެރޭ އެއްވުން ބާއްވަން ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. އެއްވުން ކުރިއަށްގެންދަނީ 'ޤާނޫނު އަސާސީގެ ދިފާއުގައި ދިވެހިން' ޝިޢާރުގެ ދަށުންނެވެ. މިފަހަރުގެ އެއްވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ ހަފްތާގައި ޤާނޫނު އަސާސީއަށް ގެނައި ބަދަލެވެ. އެއީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހެކެވެ. އެއިސްލާހު ހުށަހަޅާ, ބަލައިގަނެ, ކޮމީޓީއަށް ފޮނުވާ, ކޮމިޓީ މަރުހަލާ ނިންމުމަށްފަހު މަޖިލިހުގެ ތަޅުމުން ފާސްކުރީވެސް އެއް ދުވަހެއްގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ޤާނޫނު އަސާސީ ބަދަލުކުރެއްވީވެސް ހަމަ އެދުވަހުއެވެ. އެމްޑީޕީއާއި އިދިކޮޅު އެހެން ފަރާތްތަކުންވެސް ގެންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމައްސަލ ސްޕްރީމް ކޯޓަށްވެސް ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީން އެއްވުން ބާއްވާ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވުމާއެކު, އެއްވުން ބާއްވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމާވެސް އެކުއެވެ.