ދަނޑުވެރިކަމާ ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގެވުން މާރިޔާ އަށް
December 02, 2024
Share this story
ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގެވުން މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ. solex
ދަނޑުވެރިކަމާބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގެވުން މާރިޔާއާ ހަވާލުކުރެއްވީ އެވުޒާރާގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ.ޢާއިޝަތު ރަމީލާ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން އިއްޔެ މަޤާމުން އިސްތިޢުފާދެއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެމަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޙަވާލުކުރައްވައިފި ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ނުވާ ކަމަށެވެ. ހީނ އެހެން ވިދާޅުވީ ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން އުޅުއްވާ ވާހަކަތަކެއް ދެކެވެމުން ދިއުމާ ގުޅިގެންނެވެ.