ފެނަކައިގެ އާ އެމްޑީ އަކަށް ނަޖާހު, ޕީއެސްއެމް އަށް ނަސްރީން
December 23, 2024
Share this story
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އާ އެމްޑީ އަކަށް މުހައްމަދު ނަޖާހު އަދި ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގެ އާ އެމްޑީއަކަށް އިބްރާހީމް ނަސްރީން އައްޔަން ކުރައްވައިފިއެވެ.solex
އެދެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމްވެސް ހުސްވީ ކުރިން އެމަގާމްގައި ތިއްބެވި ބޭފުޅުން އިއްތިއުފާ ދެއްވުމުންނެވެ. ފެނަކައިގެ އެމްޑީ ކަމުގައި ހުންނެވި މުއާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވީ އިދާރާތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެއެވެ. އެގޮތުން ޚަރަދު ކުޑަކުރުމުގެ ޕްލޭންތަކަށް އެއްބާރުލުން ނުދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ސިޓީގައި މުއާޒު ވިދާޅުވެފައި ވެއެވެ. އެމަގާމަށް އަލަށް އައްޔަން ކުރެއްވި ނަޖާހު އަކީ ސިޔާސީ ދާއިރާއިން ފެންނަ މޫނެއް ނޫނެވެ. އޭނާ އަކި 21 އަހަރު ސިފައިންގޭގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމް ހުސްވީ މުޙައްމަދު ސައީދު އިސްތިއުފާ ދެއްވުމުންނެވެ. އެމަގާމަށް އައްޔަން ކުރެއްވި ނަސްރީނަކީ އެކުންފުނީގެ ޚިދުމަތުގައި ގިނަ ދުވަސްވީ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރުގެ މަގާމްގައެވެ.
އިއްޔެ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ކުރީގެ މިނިސްޓަރ މައުރޫފް ޖަމީލްވެސް ވަނީ އައްޔަން ކުރައްވާފައެވެ. އެއީ އުސޫލުން ބޭރުން ބިންތަކެއް ދިން މައްސަލައެއްގެ ތަހުގީގަށް ސަސްޕެންޑް ކޮށްފައި ވަނިކޮށް, އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.