ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެލުން ވައްކަންކޮށް, މަނީ ލޯންޑަރ ކުރި މައްސަލައެއް!
December 02, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެލުން ވައްކަންކޮށް, މަނީ ލޯންޑަރ ކުރި މައްސަލައެއް ފެންމަތިވެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. solex
ހޯމް މިނިސްޓަރ އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑަރ ކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން ވަނީ 10 މީހުން ބަލާ ފާސްކޮށްފައެވެ. ވަޒީރު އިހުސާން ވިދާޅުވީ މައްސަލައިގެ ތަހުގީގަށް 2 ގެ އާއި ތެޔޮއުފުލާ 2 ބާޖު ވެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ. އެއާއެކު މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމެއް ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.