ޚަބަރުރާއްޖެ

ރިޓަޔަރމަންޓް ޢިނާޔަތްތައް ދިނުން ހުއްޓާނުލާން ނިންމައިފި

December 03, 2024

Share this story

ރިޓަޔަރމަންޓް ޢިނާޔަތްތައް ޖަނަވަރީ 1 އިން ފެށިގެން ހުއްޓާލުމަށް އިދާރާތަކަށް އެންގި އެންގުން ބާޠިލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. solexsolex

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމެވީ، މިމަހުގެ ފުރަތަމަ ވަނަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ޚުދު އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލުކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔަރމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެއާއެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔަރމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.

ނިންމުން ބަދަލުކުރައްވާފައި މިވަނީ ފާޑުކިއުން އަމާޒުވުމުންނެވެ.