ގަދަ ފިނީފައި ޣައްޒާގައި އަނެއްކާވެސް ތުއްތު ކުދިން މަރުވަނީ...
February 26, 2025
Share this story

ލިޔުނީ
އަށްޑުވަސް,
ޣައްޒާގައި މިދުވަސްވަރު އުފެދެމުންދާ ގަދަ ފިނީގެ ރާޅުތަކުގައި ގަނޑުވެގެން ތުއްތު 6 ކުދިން ފާއިތުވި ހަފުތާތެރޭގައި ނިޔާވެއްޖެއެވެ. ގަނޑުވެގެން ނިޔާވި ކުރިންގެ ތެރޭގައި އެއްދުވަސް ނޫނީ ދެ ދުވަހުގެ ތިން ކުއްޖަކުވެސް ހިމެނޭ ކަމުގައި ޣައްޒާ ސިޓީގައި ހުންނަ ފްރެންޑްސް އޮފް ދި ޕޭޝަންޓް ޗެރިޓަބަލް ހޮސްޕިޓަލްގެ ޑިރެކްޓަރ, ޑރ. ސައީދު ސަލާޙް އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައި ވެއެވެ. solex
"އެކުދިން ހަމަ އުފަންވީ. ޢައިލާތަކުގައި އެކުދިން މި ގަދަ ފިނިން ރައްކާތެރިކުރެވޭނެ ގޮތެއް ނެތް. ފާއިތުވެ ދިޔަ ދެތިން ދުވަހު ވެސް ފިނިރާޅުތަކާއެކު އިންތިހާއަށް ފިނި ގަދަ. އެކުދިންގެ އެހެން ސިއްޙީ މައްސަލައެއްނެތް އެ ނޫނީ" ހޮސްޕިޓަލް އަލްޖަޒީރާގެ ނޫސްވެރިޔާ ހަނީ މުހައްމަދު ރިޕޯޓްކޮށްފައިވެއެވެ.
ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެރެތެވާންޖެހޭ މޮބައިލް ގެތަކާއި ޓެންޓްތައް ޣައްޒާއަށް އެތެރެވިޔަނުދީ އިޒްރާއިލްއިން ވަނީ ހިފަހައްޓާފައެވެ. އެއާއެކު ޣައްޒާގައި މީހުން ދިރިއުޅެން އެކަށީގެންވާ އެއްވެސް ތަނެއް ނެތްއިރު, ވީދިފައިވައިވާ ޓެންޓްތަކުގައި ދިރިއުޅުމުންދިޔަ ރައްޔިތުން ތިބީ ގަދަ ފިނިން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތިއެވެ.
ޑރ. ޞަލާޙް އިތުރަށް ބުނީ އެހޮސްޕިޓަލް އަށް ހައިޕޮތަމިއާ (ގަދަ ފިނިގައި ހަށިގަނޑުގެ ހޫނުމިން ދަށްވުން) ގެ އިތުރު އަށް ކޭސް ލިބިފައިވާކަމަށާއި, އެކުދިންނަށް އިންޓެންސިވް ކެއަރ ބޭނުންވާ ކަމުގައެވެ.
ޣައްޒާއަށް ވަންނަންޖެހޭ އެތައްހާސް މޮބައިލް ގެތަކާއި ޓެންޓްތައް މިހާރުވެސް ރަފަޙް ބޯޑަރުގައި އިޒްރާއިލްގެ ހުއްދަ ނުލިބި ޣައްޒާއަށް އެތެރެ ނުވެވި އެބަހުއްޓެވެ.
ފާއިތުވި ޑިސެމްބަރު މަހުވެސް ގަނޑުވެގެން ޣައްޒާގައި ތުއްތު 7 ކުރިން ވަނީ ނިޔާވެފައެވެ. އަދި ޣައްޒާގެ ދެރަ ހާލަތާއެކު އެކަށީގެންވާ ސިއްހީ އެހީތެރިކަން ނުލިބުމުގެ ސަބަބުން 74 ކުއްޖަކު ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި ޣައްޒާގައި ނިޔާވެފައިވާ ކަމަށް އދގެ ރިޕޯޓްތައް ބުނެއެވެ.
ތުއްތު ކުދިންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ މައްސަލައިގައި ހަމާސްއިން ނެރުނު ބަޔާނުގައި ހަމަލާތައްކުގެ އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތްތަކަށާއި ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ވަނީ ޣައްޒާއަށް ބޭނުންވާ ޒަރޫރޫ އިންސާނީ އެހީތެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދިމޮބައިލް ގެތަކާއި ޓެންޓްތައް ޣައްޒާއަށް އެތެރެކުރުން ހުއްދަ ނުދޭ މައްސަލައަކީ އިންސާނިއްޔަތާ ޚިލާފް ޕޮލިސީއެއް ކަމަށްވެސް ހަމާސްއިން ވަނީ ބުނެފައެވެ.