ޚަބަރުދުނިޔެ

ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުން ކޮޅެއްގައި ނުޖެހުން, އިޒްރާއިލްއިން ޣައްޒާގައި ދެ މީހަކު ޝަހީދުކޮށްލައިފި

March 04, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޣާއްޒާއިސްރާއީލް

އިޒްރާއިލްއިން ދެކުނު ޣައްޒާގެ ރަފަޙްގައި މިއަދު ދެ މީހުން ޝަހީދުކޮށްލައިފިއެވެ. ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި އާދިއްތަ ދުވަހު ނިމުމަކަށް އައިސްފައިވާއިރު އެއްބަސްވުމާ ގުޅޭގޮތުން އިޒްރާއިލް އާއި ހަމާސް އަށް އެއްބަސްވުމާ ހަމައަށް ނާދެވި ކުރިއަށްދާގޮތް ވަނީ ނުވެފައެވެ. solexsolex

އިޒްރާއިލްއިން ރަސްމީކޮށް ހަމަލާތައް ފަށާފާނެ ކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިޒްރާއިލްގެ ހަމަލާތަކުގައި ޙާން ޔޫނިސްއިންވެސް ވަނީ ތިން މީހަކު ޒަހަމްވެފައެވެ.

އާދިއްތަ ދުވަހު އިޒްރާއިލްއިން ވަނީ ޣައްޒާއަށް އެހީގެ ތަކެތި ވަދެވެން އޮތް ހުރިހާ މަގެއް ބަންދުކުރަން އަންގާފައެވެ. މިއާއެކު ޣައްޒާ ބަނޑަށްޖެހި ހައިހޫނޫކަމުގެ އިންސާނީ ކާރިޘާއެއް ޣައްޒާގައި ފެށިދާނެކަމުގެ ނުރައްކާތެރި ރަނގަބީލްގެ އަޑުދަނީ ގަދަވަމުންނެވެ. އިޒްރާއިލް މި ނިންމުމާ މެދު އެމެރިކާ ފިޔަވައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެއީ ބައިނަލްއަޤުވާމީ ޤާނޫނާ ހިލާފް ނިންމުމެއްކަމަށް ބުނެފައެވެ.

އިޒްރާއިލްއިން ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރަން ދެކޮޅުހަދާ ފުރަތަމަ ފިޔަވަހި ދިގުދައްމާލާ އެމުއްދަތުގައި ބާކީ ތިބި އަސިރުން މިނިވަންކުރަން ހުށަހެޅި ހުށަހެޅުން ހަމާސްއިންވަނީ ޤަބޫލުނުކޮށްފައެވެ.

ހަމާސްއިން އެގޮތާ އެއްބަސްވެފައި ނުވަނީ އެގޮތަށް އަމަލުކޮށްފިނަމަ ދެވަނަ ފިޔަވަހީގައި އިޒްރާއިލްއިން ޣައްޒާގެ ބިމުން އެއްކޮށް ފޭބުމަށް އޮތްއޮތުން ހަޤީގަތަކަށްނުވެ ހަމަލާތައް މުޅިން ހުއްޓާލުމަށް އެއްބަސްވުމަކަށް ނާދެވޭނެތީއެވެ.