ޚަބަރުދުނިޔެ

މިނިވަންކުރި ފަލަޞްޠީނުގެ ރައްޔިތުންގެ ގައިން އަނިޔާ އާ ހައިހޫނުކަމުގައި ބައިތިއްވާފައި ތިބި ކަމުގެ ނިޝާންތައް

February 28, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޣާއްޒާއިސްރާއީލް

ހަމާސް އާއި އިޒްރާއިލްއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަދު އިޒްރާއިލްއިން ވަނީ 624 އަސީރަކު މިނިވަންކޮށްފައެވެ. ނަމަވެސް އެމީހުން އެނބުރި އައިއިރު ބަނޑަށް ބައިތިއްބާފައި ތިބުމުން ހަށިގަނޑު ހިކި އަނަރޫފަ ވުމުގެ އިތުރުން ގައިން އެކި ކަހަލަ ބޮޑެތި އަނިޔާގެ ނިޝާންތައްވެސް ފެންނަން ހުއްޓެވެ. solexsolex

ހަމާސްއިން ހަވާލުކުރި މަރުވެފައިވާ ހަތަރު ރަހީނެއްގެ ހަށިގަނޑު ލިބުމުންވެސް އިޒްރާއިލްއިން ވަނީ ހަށިތައް ވެރިފައި ކުރުމަށް ކަމަށް ބުނެ 2 އަންހެނުންނާއި 44 ކުޑަކުދިން މިނިވަންކުރިން ވަރަށް ބޮޑަށް ލަސްކޮށްފައެވެ. މިއީ ފުރަތަމަ ފިޔަވަހީގެ ދަށުން އަސީރުންނާއި ރަހީނުން ބަދަލުކުރެވުނު އެންމެ ފަހުގެ ބަދަލުކުރެވުމެވެ.

މިނިވަންކުރި އެތައްބަޔަކު ޣައްޒާއަށް އެތެރެވުމަށްފަހު އެމްބިއުލާންސް ތަކުގައި ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްއަށް ވަނީ އަވަސް ފަރުވާއަށް ގެންދެވިފައެވެ. އޭގެ ތެރޭގައި ބޮޑެތި އަނިޔާ ލިބި, އަދި އެކި ކަހަލަ ބަލިމަޑުކަން ތަޙައްމަލްކުރާ މީހުންވެސް ހިމެނެއެވެ.

"އަނިޔާ, ތެޅުން, ލަދުގެންނެވުން, ހިތަށްވެސް ނުގެނެވޭ ޒާތުގެ އަނިޔާދިން" އިޒްރާއިލްގެ ޖަލުގައި ލިބުނު އަނިޔާތަކާ ގުޅޭގޮތުން އަލާ އަލް-ބަޔާރީ އަލްޖަޒީރާއަށް ބުނެފައި ވެއެވެ. އޭނާ ބުނީ އަނިޔާކުރުމުގެ ގޮތުން އެމީހުން ހަށިގަނޑު ނިވާނުވާ ހާލުގައި ބައިތިއްބާ ގަޔަށް ފެންޖަހާ ހަށިގަނޑަށް ކަރަންޓް ވެސް ދިންކަމުގައެވެ.

މިއަދު އިޒްރާއިލްގެ ޖަލުން މިނިވަންވި ޔަޙްޔާ ޝްރިދާ ބުނީ ޖަލުގައި އެމީހުންތިބީ ކަށްވަޅުތަކަކުން ކޮނެ ނަގާފައި ތިބޭ ބައެއް ފަދައިންނެވެ. "އަހަރެމެން އެޖަލުތަކުގައި ތަޙައްމަލްކުރި އަނިޔާއަކީ ފަރުބަދައަކަށްވެސް އުފުލޭވަރުގެ ކަމެއްނޫން. ބަޔާންކޮށްދޭނީ ވަކި ކިހިނެތް! އެވާހަކަ ދައްކަންވެސް ފަސޭހައެއް ނޫން" އޭނާ ބުންޏެވެ.

ޣައްޒާއިން އަލްޖަޒީރާގެ ތާރެޤް އަބޫ-އަޒޫމް ރިޕޯޓްކުރިގޮތުގައި މިނިވަންވި ބައެއް މީހުންގެ އަތްފައި ނެތްއިރު ގިނަ ބަޔަކަށް ބޮޑެތި އަނިޔާވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދި ސިއްޙީ ފަރުވާ ނުލިބި އެތައްބަޔަކަށް ހަމުގެ ބޮޑެތި ބަލިތައްވެސް ޖެހިފައިވާ ކަމުގައެވެ.

"އާއިލާގެ މެމްބަރުން މިނިވަންވި އެމީހުންގެ ލޯބިވާ މީހުން ތިބި ހާލު ފެނުމުން ރޮއި ރޮއި ހަލާކުވި. އެމީހުންގެ ހަށިތަކުން އެންމެ ބޮޑެތި އަނިޔާ އިޒްރާއިލްގެ ޖަލުތަކުގައި ލިބިފައިވާކަން ބުނެދޭ" އަބޫ-އަޒޫމް އާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.