ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިންވެސް ގައުމީ ސަލާމް ކިޔަން ނިންމައިފި
December 05, 2023
Share this story
ލިޔުނީ
އަށްޑުވަސް,
ގައުމިއްޔަތު އާލާކުރަން ނިންމާ ނިންމުމެއްގެ ގޮތުން, ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން ސަރުކާރުން ނިންމައިފިއެވެ.solex
މިކަން އިއުލާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމިއްޔަތު ދިރުވާ އާލާކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި, އެކަމަށް އިސްކަން ދެއްވާނެ ކަމަށެވެ. އެގޮތުން ނިންމަވާ ނިންމެވުމެއްގެ ގޮތުން ޑިސެމްބަރު މަހު ސްކޫލްތައް ބަންދުވެ, ޖެނުއަރީ މަހު ސްކޫލްތައް ހުޅުވުމުން ކިޔެވުން ފަށާނީ ގައުމީ ސަލާމް ކިޔުމަށްފަހު ކަމަށް ވިދާޅުވިއެވެ. ގައުމީ ސަލާމް ކިޔަން ނިންމާފައިވަނީ ސްކޫލް އެސެމްބްލީގައެވެ.
ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން ނިންމާފައިވާއިރު, މޯލްޑިވްސް ގޭސްގެ ދުވަހުގެ ޚިދުމަތްތައް ފެށުމުގެ ކުރިން އެކުންފުނީގެ މުވައްޒަފުން ގައުމީ ސަލާމް ކިޔަން ނިންމާ އެކަން ވަނީ ތަންފީޒުކުރަން ފަށާފައެވެ. މިނިންމުން ނިންމާ ތަންފީޒުކުރަން ފެށީ މިސަރުކާރުން އެކުންފުންޏަށް އައްޔަންކުރެއްވި މެނޭޖިންގ ޑިރެކްޓަރ އަބުދުالله މުހައްމަދު ހަވަލުވެވަޑައިގެންނެވެ.