ޚަބަރުރިޕޯޓް

އިންޑިޔާއާ ގުޅުވައި ނާއިޝް ހޯދުމުގެ މަސައްކަތް ސިޔާސީކުރުމުން، ގިނަ ބައެއްގެ ނުރުހުން

December 25, 2023

Share this story

ލިޔުނީ

އަށްޑުވަސް,

ދިވެހި ސިފައިން

މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން، އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދާ މުހައްމަދު ނައީޝް ހޯދުމުގެ އޮޕަރޭޝަން ސިޔާސީކުރުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެއެވެ. solexsolex

ނައީޝް ހޯދުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން، ސަރުކާރުން ބުނީ އެ އޮޕަރޭޝަންގައި އިންޑިޔާއިން ހަދިޔާކޮއްފައިވާ ވައިގެ އުޅަނދުގެ ބަދަލުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓަކާއި އައްޑޫގައި ހުންނަ އޭވިއޭޝަން އެކެޑަމީގެ ޓްރޭނިންގ ގައި ބޭނުންކުރާ ބޯޓެއް ބޭނުންކޮއްގެންކަމުގައެވެ. އޮޕަރޭޝަނާ ގުޅޭގޮތުން، އެމްއެންޑީއެފުން އެންމެ ފަހުން ބުނެފައިވަނީ، ނައީޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމާއި ނަމަވެސް، އޭނާގެ ހަބަރެއް ނުވާ ކަމަށެވެ. އަދި، ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ.

އިންޑިޔާގެ އަސްކަރީ އުޅަނދުތަށް ބޭނުންނުކުރާކަމަށްބުނެފައިވާ ހަބަރާ ގުޅުވައިގެން، އާންމުންގެ ގިނަ ބަޔަކާއި ދާއިރާގެ ފަންނީ ބޭފުޅުން ފާހަގަ ކުރައްވާފައިވަނީ، ގެއްލިގެން އުޅޭ ކުއްޖަކު ހޯދުމުގެ އޮޕަރޭޝަން ސިޔާސީ ކުރުމުގެ ބަދަލުގައި، ދައުލަތުގައި ހުރި އެންމެހާ ވަސީލަތްތަކުގެ ބޭނުން އެކަމުގައި ހިފަންޖެހޭކަމަށާއި، އެކަށީގެންވާ ވަސީލަތްތަކާނުލާ ކުރާ މަސައްކަތުން ގެއްލިގެންދާ ކޮންމެ ސިކުންތަކީ ނާއިޝް ހޯދުމުގައި ގެއްލިގެންދާ ފުރުސަތެއްކަމުގައެވެ. މިގޮތުން، މޯލްޑިވިއަންގެ މަދަނީ މަތިންދާބޯޓާއި ޓްރެއިނިން އެއާކްރާފްޓަކީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އެންމެ އެކަށީގެންވާ ވަސީލަތް ނޫންކަމާއި، ސާޗް އެންޑް ރެސްކިއު އެއާކްރާފްޓް އަދި ހެލިކޮޕްޓަރުގައި އެފަދަ އޮޕަރޭޝަނަކަށް ބޭނުންވާ ރާޑަރާއި، ޖީޕީއެސް އަދި ނައިޓް ވިޝަން ހުރި ކަމުގައި ވިޔަސް، ތަމްރީނު ކުރުމުގައި ބޭނުންކުރާ ބޯޓުފަހަރުގައި އެ ހުރިހާ ވަސީލަތް ނުހުންނާނެކަމަށް، ސިވިލް އޭވިއޭޝަން އޮޕަރޭޝަންގައި ތަޖުރިބާކާރު، އިނަރ މޯލްޑިވްސް އަދި އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އޭނާގެ ފޭސްބުކް ޕޭޖުގައި ފާޅުކޮއްފައިވެއެވެ.

މީގެ އިތުރުން އޭވިއޭޝަން ދާއިރާގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާރސް މޯލްޑިވްސްގައިވެސް، ފާހަގަކޮއްފައިވަނީ، މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ޓެކްނަމް އަކީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކަށް އެންމެ އެކަށީގެންވާ އުޅަނދު ނޫންކަމުގައެވެ،

މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައާއި އެކި މީޑިއާ ތަކުގައި ކޮމެންޓް ކޮއްފައިވާ ފަރާތްތަކުން ބުނެފައިވަނީ، ސަރުކާރުން އިންޑިޔާ ސިފައިންނާއި އިންޑިޔާގެ އެހީގައި ބޭނުންކުރާ އަޝްކަރީ އުޅަނދުތަކާމެދު ސަރުކާރުން އެއްޗެކޭ ބުނެވިފައިވާތީ، މިފަދަ ހާއްސަ ދަނޑިވަޅެއްގައި، ކަމާ ބެހޭ ވަސީލަތްތައްހުރި އުޅަނދުގެ ބަދަލުގައި އެކަމަށް އެކަށީގެން ނުވާ މަދަނީ އުޅަނދެއް ބޭނުންކޮއްފައިވާތީ އަދި ސަރުކާރުން، މި މައްސަލަ ސިޔާސީ ކުރުމުން އެއީ އިންސާނެއްގެ ދިރިހުރުމާއި މަރާ ގުޅިފައިވާ މުހިއްމު މައްސަލައަކަށް ސިޔާސީ ފިކުރު ވައްދާފައިވާތީ އޭގެ ނުރުހުން ފާޅުކޮއްފައެވެ. އަދި އިންޑިޔާ ނޫން އެހެން ގައުމެއްގެ އެހީގައި ހޯދާފައި އޮތް އުޅަދެއްކަމުގައިވިޔަސް، މިދަނޑިވަޅުގައި ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮއްގެންވެސް ގެއްލިފައިވާ ކުއްޖާ ހޯދުމުގެ މަސައްކަތަށް އިސްކަން ދޭންޖެހޭކަން ފާހަގަ ކޮއްފައެވެ.

މީގެ އިތުރުން، މި މައްސަލާގައި ޚިޔާލުފާޅުކުރި ބައެއްފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ކޯޑިނޭޝަނާމެދުވެސް ސުވާލުއުފައްދައިފައެވެ. މޯލްޑިވިއަންގެ ބޯޓު ދަތުރުކުރި ރާސްތާގެ ފޮޓޯއަކާއެކު، އެއް ފަރާތަކުން ބުނެފައިވަނީ، ރެސްކިއު އޮޕަރޭޝަންގައި ބޯޓު ދަތުރުކުރާނީ ރޭވިގެން، ސިސްޓަމެޓިކްކޮއްކަމަށާއި، ކަމާބެހޭ އާލާތްތަކާއެކުގައިކަމަށެވެ. އެހެން ނަމަވެސް މި އޮޕަރޭޝަންގައި އެފަދަ ސިފައެއް ނުފެންނަކަމަށެވެ. އަދި، އޮޕަރޭޝަނާ ގުޅޭގޮތުން، ސަރުކާރުގެ އިސް ފަރާތަކުން މި މައްސަލައިގެ ސީރިއަސްކަން ދޭހަވާގޮތަކަށް އާންމުންނަށް މައުލޫމާތު ނުދޭކަމަށާއި، ބޮޑަށް ފެންނަނީ ސިޔާސީ ކުލަވަރުޖެހިފައިކަމުގައެވެ.