ޚަބަރުރިޕޯޓް

ސައުދީ ފަންޑްގެ އެންމެ އިސްވެރިޔާ ރާއްޖޭގައި, ރާއްޖެއަށް އެހީތެރިކަން ބޮޑު!

May 16, 2024

Share this story

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބުދުއްރަހުމާން އަލް މަރުޝަދު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. މިއަދު ރާއްޖެ ވަޑައިގެން އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. ސައުދީ ފަންޑްގެ އެހީތެރިކަން ރާއްޖެއަށް އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.solexsolex

ހުޅުމާލެއަށް ވަޑައިގެން ހުޅުމާލެ ޗެނަލްތަކާއި ބްރިޖްތައް ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށްވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭތަނުގައި އަޑިން ލޮނު ދައުރުވާ ގޮތަށް އަޅާފައިވާ ބްރިޖްތަކެވެ. އަދި ފޭސް ދޭކާއި އާބަން އައިލް ގުޅާލާ ބްރިޖްވެސް މިއަދު އިފްތިތާހު ކުރިއެވެ. މިއީ ސައުދީ ފަންޑްގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ބްރިޖްތައް ބޭނުންކުރަމުން އައިނަމަވެސް ރަސްމީކޮށް އިފްތިތާހު ކުރީ މިއަދު އެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މިއީ ސައުދީ ފަންޑްގެ އަގުހުރި ޚިދުމަތެއް ކަމަށެވެ. އެބްރިޖްތަކުގެ ސަބަބުން އެސަރަހައްދުގެ މަލަމަތީގެ ހިތްގައިމުކަން ބޮޑެވެ. ފަޒުލް ސިފަކުރެއްވީ މިއީ ހުޅުމާލެގެ ތަރައްޤީއަށް ގެނައި އިންގިލާބެއްގެ ގޮތުގައެވެ. މިއީ އިގްތިސާދީ ހެޔޮ ބަދަލުތަކެއްވެސް ދެވަނަ ފިޔަވައްސަށް އަންނާނެ ބްރިޖްތަކެކެވެ.

ސައުދީ ފަންޑުން ވަނީ މިނޫނަސް ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގައި ބައިވެރިވެ, ރާއްޖޭގެ ތަރައްޤީގައި ހިއްސާވެފައެވެ. އޭގެ ބައެއް މަޝްރޫއުތައް ސައުދީ ފަންޑްގެ އެންމެ އިސްވެރިޔާ މިއަދު ރާއްޖެ ވަޑައިގެން ފާހަގަކުރެއްވި އެވެ. އެގޮތުން 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެއްވާފައިވާ ކަން ފާހަގަކުރެއްވި އެވެ.

ފެނާއި ނަރުދަމާއާއި އުމްރާނީ ތަރައްޤީގައިވެސް އެފަންޑްގެ ބައިވެރިވުން މިދިޔަ ތަނުގައިވެސް އޮންނާނެކަން ސައުދީ ފަންޑްގެ އިސްވެރިޔާ ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއަކީ މިވަގުތު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓް ތަރައްޤީ ކުރުމެވެ. އެމަސައްކަތް އަވަސް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ މަސައްކަތް ހަލުވި ކުރައްވާނެ ކަމަށް ވަނީ ވިދާލުވެފައެވެ. އެއީ ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެމަޝްރުއަށްވެސް ސައުދީ ފަންޑުން ވަނީ ލޯނު ދީފައެވެ.

ސައުދީ ފަންޑުން ދެއްވި ޔަގީންކަމަކީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަބަދުވެސް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަމެވެ.